Vote karudhaahai gulhey mahsalaeh balaakan angaafa eh nei: Shareef
image
ވޯޓް ކަރުދާހާއި ގުޅޭ މައްސަލައެއް ބަލާކަން އަންގާފައެއް ނެތް: ޝަރީފް
0 ކޮމެންޓް
 

ވޯޓް ކަރުދާހާއި ގުޅޭ މައްސަލައެއް ބަލާކަން އަންގާފައެއް ނެތް: ޝަރީފް

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ބޭނުންކުރި ވޯޓް ކަރުދާހާއި ގުޅޭ މައްސަލައެއް ބަލަމުން ގެންދާކަން ކުރިން ފުލުހުން އަންގާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ވޯޓް ކަރުދާސްތައް މިއަދު ނައްތާލާފައި ވަނިކޮށް، އެމައްސަލާގައި ޝަރީފް މިއަދުވަނީ ފުލުސް އޮފީހަށް ހާޒިރު ކޮށްފައެވެ.

ޝަރީފް މިރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ވޯޓް ކަރުދާހާއި ގުޅޭ މައްސަލައެއް ކޯޓަކަށް ހުށަހަޅާފައިވާކަންވެސް އަދި ކަރުދާހާއި ގުޅޭ މައްސަލައެއް ފުލުހުން ބަލަމުން ގެންދާކަންވެސް އިލެކްޝަންސް ކޮމިޝަނަށް އަންގާފައި ނުވާ ކަމުގައެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ވޯޓް ކަރުދާސްތައް ނައްތާލާފައިވަނީ ވޯޓް ކަރުދާސްތައް ބެހެއްޓުމަށް ގާނޫނުން ލާޒިމްކުރާ މުއްދަތަށް ބުރެޗެސް ހަތް ދުވަސް ފަހުން ކަމުގައެވެ.

ހިޔާލު