Akshay aeku Mission Mangal ge Teamah Gina Fannanunthakeh
image
'މިޝަން މަންގަލް'ގެ ޓީމް.
0 ކޮމެންޓް
 

އަކްޝޭ އާއެކު 'މިޝަން މަންގަލް' ގެ ޓީމަށް ގިނަ ފަންނާނުންތަކެއް

އަކްޝޭ ކުމާރާއާއެކު 'މިޝަން މަންގަލް'ގެ ޓީމަށް ބޮލީވުޑުގެ ގިނަ ފަންނާނުން ގުޅިއްޖެއެވެ.
އަކްޝޭ ވަނީ ދާދި ފަހަކުން ފޮކް ސްޓާ ސްޓޫޑިއޯ އާއެކު ތިން ޕްރޮޖެކްޓެއްގައި ސޮއި ކޮށްފިއެވެ. އެގޮތުން ފުރަތަމަ ޕްރޮޖެކްޓެއް ގޮތުގައި އަކްޝޭ 'މިޝަން މަންގަލް' ގައި މަސައްކަތްކުރުމަށް ނިންމާފައިވާއިރު އެޓީމަށް ވަނީ އިތުރު ފަންނާނުން ގުޅިފައެވެ.

އެގޮތުން އަކްޝޭ އާއެކު އެޓީމަށް ގުޅިފައިވަނީ ތާޕްސީ ޕަންނޫ، ސޮނާކްޝީ ސިންހާ، ވިދްޔާ ބާލަން، ކްރިތީ ކުލާރީ، ނިތްޔާ މެނެން އަދި ޝަރްމަން ޖޯޝީއެވެ. އަކްޝޭ ޓުވިޓާ މެދުވެރިކޮށް އެކަން ކަށަވަރުކޮށްދީފައިވާއިރު އޭނާ ވަނީ ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށް ބުނެފައެވެ. ޖަގަން ޝަކްތީ ޑައިރެކްޓުކުރާ އެފިލްމު ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އަކްޝޭ ވަނީ މީގެ ކުރިން ތާޕްސީ ، ވިދްޔާ އަދި ސޮނާކްޝީ އާއެކު މީގެ ކުރިން މަސައްކަތް ކޮށްފައެވެ. އަދި މިއީ އޭނާ ނިތްޔާ، ކްރިތީ އަދި ޝަރްމަން އާއެކު މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

އަކްޝޭ މިހާރު އަންނަނީ ޝަންކަރު ޑައިރެކްޓު ކުރާ ފިލްމު '2.0' ގައި މަސައްކަތް ކުރަމުންނެވެ. ފިލްމުގެ ޓްރެއިލާ މިމަހު ތިން ވަނަ ދުވަހު ނެރުނުއިރު ގިނަ ބަޔަކަށް ވަނީ ޓްރެއިލާ ކަމުގޮސްފައެވެ. އެފިލްމުގައި އަކްޝޭ ނެގެޓިވް ރޯލަކުން ފެނިގެންދާއިރު އެފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ ރަޖްނީކާންތެވެ. އަދި ލީޑު ބަތަލާގެ ރޯލުން ފެނިގެންދަނީ އަމީ ޖެކްޝަނެވެ. 2.0 އަކީ އަކްޝޭ ސައުތް ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.
ހިޔާލު