Film Zero in Shah ah Ehme Kamudhiyae Katrina ge Character
image
ކެޓްރީނާ އާއި ޝާހު.
0 ކޮމެންޓް
 

ފިލްމު 'ޒީރޯ' އިން ޝާހު އަށް އެންމެ ކަމުދިޔައީ ކެޓްރީނާގެ ކެރެކްޓަރ

ފިލްމު 'ޒީރޯ' އިން އެންމެ ކަމުދިޔައީ ކެޓްރީނާ ކައިފްގެ ކެރެކްޓަރު ކަމަށް ޝާހު ރުކް ހާން ބުނެފިއެވެ.
އަނަންދް އެލް ރާއި ޑައިރެކްޓުކޮށް ނެރޭ އެފިލްމުގެ ޓްރެއިލާ މިމަހު ދެވަނަ ދުވަހު ވަނީ ނެރެފައެވެ. ގިނަ ބަޔަކު ބެލުމަށް އިންތިޒާރު ކުރަމުން އަންނަ އެފިލްމު ޓްރެއިލާ ނެރުމަށް ބޮޑު އިވެންޓެއް ބޭއްވިއިރު ގިނަ ބަޔަކަށް އެފިލްމުގެ ޓްރެއިލާ ވަނީ ކަމުގޮސްފައެވެ.

ދާދި ފަހަކުން ފިލްމުގައި ފެނިގެންދާ ތިން ތަރިން ކަމަށްވާ ޝާހު، ކެޓްރީނާ އަދި އަނުޝްކާ ވަނީ އަނަންދާ އެކު ފިލްމުގެ ކެރެކްޓަރުންނާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން ތިން ތަރިންނަށް ވެސް ވަނީ ފިލްމުގައި އެންމެ ކަމުދާ ކެރެކްޓަރާ ބެހޭގޮތުން ސުވާލުކޮށްފައެވެ.

އެސުވާލަށް ޖަވާބު ދެމުން ޝާހު ބުނީ އޭނާއަށް އެންމެ ކަމުދަނީ ކެޓްރީނާ (ބަބީތާ ކުމާރީ) ރޯލުކަމަށެވެ. ޝާހު ބުނިގޮތުގައި އޭނާ ބޭނުންވަނީ މައްޝޫރު ތަރިއެއްގެ ރޯލުކުޅެން ކަމަށާއި އަދި އެހާ ބޮޑު ކުރައުޑެއްގައި އަތް ހޫރާލަން ކަމަށް ޝާހު ވަނީ ބުނެފައެވެ. އެސުވާލަށް ޖަވާބު ދެމުން ކެޓްރީނާ ބުނީ އޭނާއަށް އެންމެ ކަމުދަނީ އަނުޝްކާ (އާފިޔާ)ގެ ރޯލެވެ. އަދި އަންޝްކާއަށް ކަމުދަނީ ޝާހު (ބައުއާ) ގެ ރޯލުކަމަށް އޭނާ ވަނީ ބުނެފައެވެ.އެފިލްމުގައި ޝާހް ފެނިގެންދާނީ ކުރު މީހެއް (ޑުއާފް)ގެ ރޯލުންނެވެ. އަދި ކެޓްރީނާ ފެނިގެންދާނީ މަޝްހޫރު ތަރިއެއްގެ ގޮތުގައެވެ. އަދި އަނުޝްކާ ފެނިގެންދާނީ ނުކުޅެދޭ ސައިންޓިސްޓެއްގެ ރޯލުންނެވެ. ފިލުމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ހިޔާލު