Dhuniyeyge 1 Number Tennis Kulhuntheriyaa Caroline ge Chuttee Raajjeygai
image
ކެރޮލިން ވޮޒްނިއާކީ.
0 ކޮމެންޓް
 

ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ ކެރޮލިންގެ ޗުއްޓީ ރާއްޖޭގައި

ޑެންމާކަށް އުފަން ދުނިޔޭގެ ކުރީގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ ކެރޮލިން ވޮޒްނިއާކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ކެރޮލިން އޭނާގެ ލޯބިވެރިޔާ ޑޭވިޑް ލީ އާއެކު ރާއްޖެ އައިސްފައިވާއިރު އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނެވާ ޖާނީ ރިސޯޓުގައެވެ.

ސޯޝަލް މީޑިއާގައި ދެމީހުން ޗުއްޓީ ހޭދަކުރަމުންދާ ގޮތުގެ ފޮޓޯތައް ހިއްސާކުރަމުންދާއިރު އެދެމީހުންނާއެކު ޓެނިސް ކުޅުންތެރިން ކަމަށްވާ ޑޮންނަ ވެކެޗް އާއި ސްޓޭން ވަވްރިންކާ ވެސް ފެނިގެންދެއެވެ. ބޭރުގެ ހަބަރުތައް ބުނާގޮތުގައި ޑޮންނަ އާއި ސްޓޭން ރާއްޖެ އައިސް އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.

ކެރޮލިން އަކީ ސްކެންޑްނޭވިއަން ގައުމަކުން އެންމެ މަތީ މަގާމު ހޯދި ފުރަތަމަ އަންހެން މީހާއެވެ. އަދި ކެލޮރިން އަކީ އޯޕެން އެރާ ޓެނިސް ގެ އޯޕެން އެރާގެ 20 ވަނަ ހޯދި އަންހެންމީހާވެސް މެއެވެ. އޭގެ އިތުރުން އޭނާ ވަނީ 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު ވެސް މުބާރާތްތަކުން މަތީ ވަނަތައް ހާސިލްކޮށްފައެވެ.
ޓެނިސް މީހުން
ހިޔާލު