TATA Aai Gulheefalhu Flat thakah Badhalu Libey Dhaimee List Aaammukoffi
image
އަރަބިއްޔާ ހުރި ބިމުގައި އަޅާފައިވާ ފްލެޓުތައް---
2 ކޮމެންޓް
 

ޓާޓާ އާއި ގުޅިފަޅުން ނެގި ފުލެޓްތަކަށް ބަދަލުގެ ގޮތުގައި ދޭ ފުލެޓްތަކުގެ ދާއިމީ ލިސްޓު އާއްމުކޮށްފި

ގުޅީފަޅުން ފައިސާ ދައްކާ ފްލެޓް ނުލިބުނު ފަރާތްތަކާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް "ހިޔާ މަޝްރޫއު" ގެ ދަށުން ދޭން ނިންމި 300 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ. Dhiraagu
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރަމުން އަންނަ 7000 ހައުސިން ޔުނިޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން މިހާރު އާއްމުކުރަމުން އަންނައިރު އެމިނިސްޓްރީން އިއްޔެ ވަނީ ގުޅީފަޅުން ފައިސާ ދައްކާ ފްލެޓް ނުލިބުނު ފަރާތްތަކާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް ދޭން ނިންމި 300 ފްލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު "H18" ކެޓަގަރީގެ ނަމުގައި އާންމުކޮށްފައެވެ. އެ ލިސްޓު ގެޒެޓާއި ހައުސިން މިނިސްޓްރީގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގުޅީފަޅުގައި ތަރައްގީ ކުރި ފްލެޓުތަކަށް ގިނަ ބަޔަކު ފައިސާ ދައްކާފައިވަނިކޮށް ރައީސް ޔާމީނުގެ ސަރުކާރުން ވަނީ އެމަޝްރޫއު ހުއްޓުވާފައެވެ. އަދި ޓާޓާ ކުންފުނިން ކުރީގެ އަރަބިއްޔާ ހުންނަ ބިމާއި ގާކޮށި ހުރި ބިމުގައި އިމާރާތްކުރި ފްލެޓުތައް ލިބުނު ބައެއް ފަރާތްތަކަށް ވަނީ ފައިސާ ދެއްކޭނެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ފްލެޓަށް ނުވަދެވިފައެވެ. އެހެންކަމުން ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ގުޅީފަޅުން ފައިސާ ދައްކާ ފްލެޓް ނުލިބުނު ފަރާތްތަކާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް ހުޅުމާލެއިން ފުލެޓު ދޭނެކަމަށް ވައުދުވެފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރަމުން އަންނަ ފްލެޓުތަކުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާއިރު އެފްލެޓުތައް މުޅިން ނިމޭނީ އަންނަ އަހަރުގެ ޖޫން ނުވަތަ ޖުލައި ހިސާބުގައިކަމަށް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓްތައް ހައުސިން މިނިސްޓްރީން ދޫކޮށްފައިވާ ގޮތާއި މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު އެ ފްލެޓުތައް ބެހުމުގައި ގޯހެއް ހަދާފައިވޭތޯ ކުރިއަށް އަންނަން އޮތް ސަރުކާރުން ބަލާނެކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވިއެވެ.
ހިޔާލު

ޙުމަަމް

Flat thak ge bodu Min rahyi thun nah olhun filu vai dhinun vara rangalhu.

އަސްލުވީ ގޮތް

ފައިސާ ނުދެއްކުނީ ސޯޝަލް ހައުސިންގ ސްކީމް އެކޭ ކިޔާފަ ރައްޔިތުން ފެލާލަން އުޅުނީމަ. ރާއްޖޭގެ ތާރީޚުގަވެސް އެންމެ އަގުބޮޑުކޮށް ވިއްކި އެންމެ ބޮޑަށް ރައްޔިތުން ގަނަ ތެޅުވީ މި ފްލެޓްތަކުގެ މައްސަލާގައި. ފްލެޓް ލިބުނު މީހުންވެސް އުމުރަށް ދަރުވާލީ. ހުރިހާ ފައިސާއެއް ލިބުނީ އެޗްޑީސީ އަށް.