Maaraamaaree Hingumah Fahu Fohelaane Kamuge Inzaaru Dheefi
image
މާމިގިލި--ފައިލް ފޮޓޯ ފޭސްބުކް
0 ކޮމެންޓް
 

މާރާމާރީ ހިންގުމަށްފަހު "ފޮހެލާނެ" ކަމުގެ އިންޒާރު ދީފި

އދ. މާމިގިލީގައި ބަޔަކު އެރަށު ކައުންސިލްގެ ނައިބު ރައީސް ޝިހާމް މުހައްމަދަށް ހަމަލާދީ މާރާމާރީ ހިންގާ މަރުގެ އިންޒާރު ދީފިއެވެ.
އެ ހާދިސާ ހިނގާފައިވަނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ 10:45 ހާއިރު މާމިނގިލީ ވަށްތުނޑި ބީޗް ސަރަހައްދުގައެވެ.

ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޝިހާމް ވިދާޅުވީ، މާރާމާރީ ހިންގާ "ފުހެލާނެ" ކަމުގެ އިންޒާރު އެ މީހުން ދިން ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މާމިގިލިން ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި ޝިހާމަށް ހަމަލާދީ މާރާމާރީ ހިންގާފައިވަނީ ޕީޕީއެމްގެ ދެ މީހެކެވެ. އޭގެ ތެރެއިން އެކަކީ ޕޯޓްގައި މަސައްކަތް ކުރާ މީހެއް ކަމަށާއި އަނެއް މީހާއަކީ އެއާޕޯޓުގައި މަސައްކަތް ކުރާ މީހެއް ކަމަށް އެ މީހާ ބުންޏެވެ.

"މާރާމާރީ ހިންގަން އައި މީހުން ސައިކަލެއްގައި އައިސް، އޭގެ ތެރެއިން އެކަކު ފައިން ކައުންސިލަރުގެ ބުރަކަށީގައި ޖެހީ، ކައުންސިލަރު އެ ސަރަހައްދުން ދިޔުމުންވެސް އަނެއްކާވެސް ފަހަތުން ސައިކަލުގައި އައިސް މާރާމާރީ ހިންގާ "ފޮހެލާނެ" ކަމުގެ އިންޒާރު ދިން" މަންޒަރު ދުށް މީހާ ބުންޏެވެ.

މާމިގިލިން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި މާރާމާރީ ހިނގީ، އެ މާރާމާރީގައި ބައިވެރިވި މީހެއްގެ އާއިލާގެ މެންބަރެއް ވަޒީފާއިން ވަކިކުރި ކަމަށް ބުނެއެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މައްސަލައާއި ގުޅިގެން މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެއެވެ.
ހިޔާލު