Israel inn Palestine ge Zuvaanaku Shaheedhukohlaifi
image
އިޒްރާއީލް ސިފައިންގެ ބަޔަކު
0 ކޮމެންޓް
 

އިޒްރާއީލުން ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްލައިފި

އިޒްރާއީލް-ގާޒާގެ ސަރަހައްދީ ރޮނގު ކައިރީގައި ފަލަސްތީނު ރައްޔިތުން ކުރި އިހުތިޖާޖަށް އިޒްރާއީލު ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްލައިފިއެވެ.
އިޒްރާއީލު ސިފައިން އިއްޔެ ދިން ހަމަލާތަކުގައި ޝަހީދުވެފައިވަނީ ފަލަސްތީނުގެ އުމުރުން 28 އަހަރުގެ ޒުވާނެކެވެ.

ފަލަސްތީނުގެ ރައްޔިތުން އިއްޔެ ކުރި އިހުތިޖާޖަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 37 މީހަކަށް އެކިވަރުގެ އަނިޔާވަނީ ލިބިފައެވެ.

މިއަހަރުގެ މާޗް މަހުގެ 30 ވަަނަ ދުވަހުން ފެށިގެން އިޒްރާއީލް-ގާޒާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ފަލަސްތީނު ރައްޔިތުން ދަނީ ސިލްސިލާކޮށް އިހުތިޖާޖު ކުރަމުންނެވެ. އެ އިހުތިޖާޖުތަކަށް އިޒްރާއީލު ސިފައިން ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 221 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

އިހުތިޖާޖުތަކުގައި ފަލަސްތީނުގެ ރައްޔިތުން ދަނީ، އިޒްރާއީލް-ގާޒާ ސަރަހައްދީ ރޮނގުގެ ފެންސް ހަލާުކޮށްލުމަށް މަސައްކަތް ކުރަމުންނެވެ. ސަރަހައްދީ ރޮނގު ރައްކާތެރިކުރަން ކުރެވެން ހުރި މަސައްކަތްކުރާނެ ކަމަށާއި ސަރަހައްދީ ރޮނގު ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އިޒްރާއީލުން ދަނީ ބުނަމުންނެވެ.
ހިޔާލު