Trump ge Dhari aa Vahtharuvaan Anehenaku 9 Surgery Hadhaifi
image
ސާރާ ، އިވަންކާ ޓްރަމްޕް--
0 ކޮމެންޓް
 

ޓްރަމްޕްގެ ދަރި އިވަންކާއާއި ވައްތަރުވާން ނުވަ ސާޖަރީ ހަދައިފި

ޑޮނަލްޑް ޓްރަމްޕުގެ އަންހެން ދަރި އިވަންކާ ޓްރަމްޕް އާ ވައްތަރުވާން އަންހެނަކު ނުވަ ސާޖަރީ ހަދައިފިއެވެ. dhi2
އުމުރުން 37 އަހަރުގެ އިވަންކާ އަކީ ގިނަ އަންހެނުންނަށް ނަމޫނާއެކެވެ. އޭނާ އަކީ އެމެރިކާގެ ބިޒްނަސް ހިންގާ އަންހެނެއްގެ އިތުރުން ފެޝަން ޑިޒައިނަރެކެވެ. އަދި އެންކަރެއް ވެސް މެއެވެ. އިވަންކާ އާ ވައްތަރު ވުމަށް ދާދި ފަހަކުން ސާރާ ސުމިތް ކިޔާ އަންހެނަކު ވަނީ ނުވަ ސާޖަރީ ހަދާފައެވެ.

އުމުރުން 34ގެ ސާރާ ބުނިގޮތުގައި އޭނާ އެސާޖަރީ ހެދީ އިވަންކާ އަކީ ވަރަށް ރީތި އަންހެނަކަށް ވާތީ ކަމަށެވެ. އަދި އޭނާ ބޭނުން ވަނީ އިވަންކާ އޭނާ އަމިއްލަ ނަފަސު ގެންގުޅޭ ހެން ގެންގުޅެން ކަމަށް ސާރާ ވަނީ ބުނެފައެވެ. އެގޮތުން އިވަންކާގެ ނޭފަތް އަދި ކޯ ވަރަށް ކަމުދާ ކަމަށް ސާރާ ވަނީ ބުނެފައެވެ.

ސާރާ ސާޖިރީ ކުރި ޑޮކްޓަރު ވަނީ އިވަންކާގެ ފޮޓޯއެއް ބަލައިގެން ސާރާގެ ހަށިގަނޑުގެ އެކި ތަންތަކުގައި ކުރަހާ، ސާޖަރީ ކުރަން ޖެހޭ ތަންތަން ފާހަގަ ކޮށްފައެވެ. ޑޮކްޓަރު ބުނިގޮތުގައި ސާޖަރީ ކުރަން އެންމެ އުނދަގޫވީ ސާރާގެ ދަތްދޮޅިއާއި ބަނޑުގެ ސާޖިރީއެވެ.



ސާރާ ސާޖިރީ ކުރި ތަންތަކުގެ ތެރޭގައި ނޭފަތް، ކޯ، ތުންފަތް، ދަތްދޮޅި، ބަނޑު، ފައިގެ ފަލަ މަސްގަނޑު، އަދި އިތުރު ތިން ތަނެއް ހިމެނެއެވެ.



ސާރާ ވަނީ ސާޖިރީ ކުރިތާ ހަ ހަފްތާ ފަހުން އޭނާގެ ރަހުމަތްތެރިންނަށް ޕާޓީއެއް ދީފައެވެ. އޭނާގެ ރަހުމަތްތެރިން ބުނިގޮތުގައި ސާރާ އަބަދުވެސް އިވަންކާ އާ ވައްތަރުވާން ބޭނުން ވެގެން އުޅޭކަމަށާއި އޭނާގެ ހިވަފެން މިހާރު ތެދު ވީކަމަށެވެ. އަދި ހަގީގަތުގައި ވެސް މިހާރު ސާރާ އިވަންކާ އާ ވައްތަރު ކަމަށް އެންމެން ވަނީ ސާރާ ކައިރި ބުނެފައެވެ.
މީހުން
ހިޔާލު