Dhedhuvas Nuvanis Amir ge Thugs of Hindostan Leak Vejje
image
'ތަގްސް އޮފް ހިންދުސްތާން' ގެ ޕޯސްޓަރެއް--
0 ކޮމެންޓް
 

ދެދުވަސް ނުވަނީސް އާމިރުގެ 'ތަގްސް އޮފް ހިންދުސްތާން' ލީކުވެއްޖެ

ފިލްމުގެ ނެރުނުތާ ދެދުވަސް ނުވަނީސް އާމިރު ހާނުގެ 'ތަގްސް އޮފް ހިންދުސްތާން' ލީކުވެއްޖެއެވެ.
ވިޖޭ ކްރިޝްނާ ޑައިރެކްޓުކޮށްފައިވާ އެފިލްމު ނެރެފައިވަނީ މިމަހު އަށް ވަނަ ދުވަހުއެވެ. ނަމަވެސް ފިލްމު ނެރުނުތާ ދެދުވަސް ނުވަނީސް ފިލްމު ވަނީ 'ތަމިލް ރޮކާސް' ކިޔާ ވެބްސައިޓަކުން ލީކްކޮށްލާފައެވެ. ރިޕޯޓުތައް ބުނާގޮތުގައި އެފިލްމު ލީކު ކޮށްލީ ފިލްމުގެ އުފެންދުން ތެރިންނެވެ. އެއީ ފިލްމަށް އެހާ ބޮޑު ކާމިޔާބެއް ލިބިފައި ނުވާތީކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމަށް ބޮޑު ހަރަދެއްކޮށްފައިވާއިރު އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެފިލްމުގެ ބޮޑު ބަޖެޓާ ގުޅިގެން ފިލްމުގެ ޓިކެޓު ވިއްކާ އަގުވެސް ވަނީ ބޮޑުކޮށްފައެވެ. ނަމަވެސް ގިނަ ބަޔަކު އެފިލްމު ބެލިނަމަވެސް ފިލްމަށް އައިސްފާ ވަނީ ހުސް ނެގަޓިވް ކޮމެންޓު ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ފިލްމުގައި އާމިރުގެ އިތުރުން އަމީތަބް ބައްޗަން އަދި ފާތިމާ ސަނާ ޝައިހް އާއި ކެޓްރީނާ ކައިފް ފެނިގެންދާއިރު އެފިލްމަކީ ހަނގުރާމަ މަތީ ފިލްމެކެވެ.
ހިޔާލު