Deepika Adhi Alia Aai Ves Onnanee Gaaiy Gulhumeh Kamah Katrina Bunefi
image
ކެޓްރީނާ އާއި އާލިއާ އަދި ދީޕިކާ--
0 ކޮމެންޓް
 

ދީޕިކާ އަދި އާލިއާ އާއި ވެސް އޮންނަނީ ގާތް ގުޅުމެއްކަމަށް ކެޓްރީނާ ބުނެފި

މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯނާއި އާލިއާ ބަޓާއި ވެސް އޮންނަނީ ވަރަށް ގާތް ގުޅުމެއްކަމަށް ބޮލީވުޑުގެ ބަތަލު ރަންބީރު ކަޕޫރުގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފު ބުނެފިއެވެ.
ރަންބީރުގެ ކުރީގެ ލޯބިވެރިއެއްކަމަށްވާ ދީޕިކާ އާއި އަދި އޭނާގެ މިހާރުގެ ލޯބިވެރިޔާ އާލިއާ މެދު ގާތް ގުޅުމެއް އޮންނަކަން ކެޓްރީނާ ހާމަކޮށްފައިމިވަނީ ކަރަން ޖޯހަރު ހުށަހަޅާ "ކޮފީ ވިތު ކަރަން" ސީޒަން ހައެއްގައެވެ.

މިއަހަރުގެ ކުރީކޮޅު ރަންބީރާއި އާލިއާ ލޯބީގެ ގޮތުން ގުޅުމުން ކެޓްރީނާގެ އާއި އާލިއާގެ މެދުގައި އޮތް ގާތް ރަހުމަތްތެރިކަމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށް ހަބަރުތައް ބުނިނަމަވެސް ކެޓްރީނާ ބުނީ އޭނާ އާއި އާލިއާ އެއްތަން ވުމުން އޮންނަނީ މަޖާ ނެގުންކަމަށާއި އަދި އާލިއާ އާއެކު އުޅޭ ވަގުތު ވަރަށް ހިތްހަމަޖެހޭކަމަށެވެ.

މީގެއިތުރުން ކެޓްރީނާ ވަނީ އޭނާ އާއި ދީޕިކާ އާއި ދެމެދު ވެސް ވަރަށް ވަރުގަދަ ގުޅުމެއް އޮންނަކަމަށް ބުނެފައެވެ. އެއް ޖިމަކަށް ގޮސް ދެމީހުން ގޮސް ހަދާއިރު ކަރަން ވަނީ މިސީޒަން ފެށުމުގެ ގޮތުން ދީޕިކާ އާއި އާލިއާ ޝޯގައި ބައިވެރިވުމުން ވެސް ކެޓްރީނާ އާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެގޮތުން ދީޕިކާ ބުނީ ކޮންމެ ދުވަހަކު ގުޅާއި ނުހެދިނަމަވެސް ކެޓްރީނާ އާއި އޭނާ އެކުގައި އުޅުމަށް ވަރަށް ކޮމްފޯޓަބަލް ކަމަށެވެ.

ކޮފީ ވިތު ކަރަންގައި ކެޓްރީނާ ބައިވެރިވެފައިވަނީ ވަރުން ދާވަންއާއެކުއެވެ. އެޝޯއަކީ ސްޓާ ވޯލްޑް އަދި ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މުނިފޫހިފިލުވުމުގެ ވާހަކަތަކެއް ހިމެނޭ ޝޯއެކެވެ. މަޝްހޫރު ފަރާތްތައް މެހެމާނެއްގެ ގޮތުގައި ޝޯގައި ހާއްސަ ތިން ސެގްމެންޓެއް ހިމެނެއެވެ. އެތިން ސެގްމަންޓަކީ މެހެމާނުންގެ މެދުގައި ވެސް ވަރަށް ފޯރިއާއެކު ކުރިއަށްދާ ތިން ސެގްމަންޓެވެ. އެ ޝޯ ދައްކަން ފަށާފައިވަނީ މީގެ 14 އަހަރު ކުރިންނެވެ.
ހިޔާލު