Ooredoo Supernet Hidhumai Maamingihyah
image
0 ކޮމެންޓް
 

އުރީދޫ ސުޕަރނެޓް ހިދުމަތް މާމިނގިއްޔަށް

އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް އދ. މާމިނގިއްޔަށް ތަރާރަފުކޮށްފިއެވެ.
އެ ހިދުމަތާއެކު 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްގައި އިންޓަނެޓްގެ ހިދުމަތް މާމިނގިލިން ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

މާމިނގިއްޔަށް ހިދުމަތް ތައާރަފުކުރުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އުރީދޫގެ ޑައިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒް ވިދާޅުވީ އުރީދޫގެ އެންމެ މުހިންމު އެއް އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކަށްވެސް އަގުހެޔޮ ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެެވެ.

"މިއަދު މާމިގިއްޔަށް އުރީދޫ ސުޕަރނެޓް ތައާރަފްކޮށް، ރަށުގެ ރައްޔިތުންނަށް މި ފުރުސަތު ހުޅުވާލެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ހުސެން ނިޔާޒް ވިދާޅުވިއެވެ.

އެރަށަށް ހިދުމަތް ތައާރަފުކުރުމަށްފަހު އުރީދޫން ވަނީ އެރަށުގައި ސުޕަރނެޓް ހިޔާރު ކުރާ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ތައާރަފުކޮށްފައެވެ. އެގޮތުން ސުޕަރނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީއެއް ނުހިމެނުމަށް ވަނީ ނިންމާފައެވެ.

މާމިނގިއްޔަށް އުރީދޫ ސުޕަރނެޓްގެ ހިދުމަތް ތައާރަފު ކުރެވިގެން ދިއުމާއެކު މާކެޓްގެ އެންމެ ހެޔޮ އަގުގައި އެރަށުގެ ރައްޔިތުންނަށް އިންޓަނެޓް ބޭނުން ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ. ސުޕަރނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފައެވެ.

ދެ އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާ ދެމެދުގެ ސްޕީޑްތަކުގައި، ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް އެކަށޭނަ ގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަރނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫން ފޯރުކޮށްދެއެވެ.
އިންޓަނެޓް އުރީދޫ
ހިޔާލު