Hamas ge Commander eh Maraalaifi
image
ހަމާސްގެ ކޮމާންޑަރެއް ކަމަށްވާ ޝެއިހް ނޫރް މަރާލުމުން އޭނާގެ މަންމަ ހިތާމަކުރަނީ
0 ކޮމެންޓް
 

ހަމާސްގެ ކޮމާންޑަރެއް މަރާލައިފި

އިޒްރޭލުން ހިންގި އޮޕަރޭޝަނެއްގައި ހަމާސް ޖަމާއަތުގެ ކޮމާންޑަރަކު މަރާލައިފިއެވެ.
ފަލަސްތީނުގެ ގާޒާގެ ހާން ޔޫނިސްގައި، އިޒްރޭލުގެ އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސް އިން ހިންގި އެ އޮޕަރޭޝަންގައި މަރާލާފައިވަނީ ހަމާސް ޖަމާއަތުގެ އިއްޒުއްދީން އަލް-ގަސަމް ބްރިގޭޑްސްގެ ކޮމާންޑަރެއް ކަމަށްވާ ޝެއިހް ނޫރް ބަރަކަހްއެވެ. އިޒްރޭލުން އިއްޔެ ހިންގި އޮޕަރޭޝަންގައި ފަލަސްތީނުގެ ހަ މީހަކު ވަނީ މަރާލާފައެވެ.

އޮޕަރޭޝަނާއި ގުޅޭ ގޮތުން އިޒްރޭލުން ބުނީ ހަމާސް ޖަމާއަތުގެ ވެރިއަކު މަރާލާފައިވާ ކަމަށާއި އިތުރު މީހަކު ޒަހަމްވެފައިވާ ކަމަށެވެ.

އިޒްރޭލުން ގާޒާގެ ހާން ޔޫނިސްގައި އޮޕަރޭޝަނެއް ހިންގާ ފަލަސްތީނުގެ ބަޔަކު މަރާލިތާ ކުޑަ ވަގުތުކޮޅެއް ފަހުން ގާޒާއިން ވަނީ އިޒްރޭލަށް އަމާޒުކޮށް ރޮކެޓްތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެ ރޮކެޓްތައް އިޒްރޭލުން ވަނީ ވައްޓާލާފައެވެ.

ގާޒާ އާއި އިޒްރޭލު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ފަލަސްތީނު ރައްޔިތުން ކުރަމުންދާ އިހުތިޖާޖުތަކުގައި މިހާތަނަށް ފަލަސްތީނުގެ 200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
ހިޔާލު