Raajje ge Furathamah International Banking Conference BML inn Baahvanee
image
އޭބީއޭގެ 35 ވަނަ އަހަރީ ކޮންފަރެންސްގެ ޕޯސްޓެއް
0 ކޮމެންޓް
 

ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ ބޭންކިން ކޮންފަރެންސް ބީއެމްއެލުން ބާއްވަނީ

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ބޭންކިން ކޮންފަރެންސް އިންތިޒާމުކުރުމުގެ ފަހުރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބިއްޖެއެވެ.
ބީއެމްއެލް އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން ދަނީ އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) ގެ 35 ވަނަ އަހަރީ ކޮންފަރެންސެވެ.

މިމަހުގެ 15 އަދި 16 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޮންފަރެންސްގެ އެންމެ ފަހުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެ ކޮންފަރެންސް އިންތިޒާމުކުރާ ބީއެމްއެލް އިން ބުނެއެވެ.

އޭޝިއާގެ ބޮޑެތި މާލީ އިދާރާތަކުގެ ސީއީއޯއިންނާއި އިސްވެރިން ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސްގައި 25 ގައުމެއްގެ 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ.

މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ބޭންކިން އިން އޭޝިއާ: ދި ނެކްސްޓް ފްރޮންޓިއާ" އެވެ. އެ ކޮންފަރެންސްގައި، މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން އޭޝިއާގައި ބޭންކިން ކުރިއަރަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވައި މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާއެކު މާލީ ދާއިރާގެ ހަރުދަނާކަމާއި އަދި އެ ދާއިރާގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމާ މެދުވެސް މި ކޮންފަރެންސްގައި މަޝްވަރާކުރެވިގެންދާނެއެވެ.

އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކޯޕަރޭޓްތަކަށް ރާއްޖޭގައި އެންމެ ފުޅާކޮށް މާލީ ޚިދުމަތް ފޯރުކޮށްދޭ ބޭންކް އޮފް މޯލްޑިވްސް އަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާއެވެ. ޓެކްނޮލްޖީ އަށް މުހިންމު އިސްކަމެއްދޭ ބީއެމްއެލް އަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ބޭންކިން ޚިިދުމަތް ދޭންފެށި ބޭންކުވެސް މެއެވެ.

ޓެކްނޮލްޖީ އާ ރައްޓެހި ރާއްޖޭގެ އާބާދީގައި، ބޭންކުގެ ކޮންމެ 10 މުއާމަލާތްތަކުން 9 މުޢާމަލާތް ހިނގަމުންދަނީ އޮންލައިންކޮށެވެ.
ހިޔާލު