The Sky is Pink gai Priyanka, Farhan adhi Zaira Fenigendhaane goi Dhahkalaifi
image
ޕްރިޔަންކާ، ފަރުހާނު އަދި ޒައިރާ، ދަ ސްކައި އިޒް ޕިންކްގައި ފެނިގެންދާނެ ގޮތުގެ ފޮޓޯ--
0 ކޮމެންޓް
 

ދަ ސްކައި އިޒް ޕިންކްގައި ޕްރިޔަންކާ، ފަރުހާނު އަދި ޒައިރާގެ ފެނިގެންދާގޮތް ދައްކާލައިފި

ސޮނާލީ ބޯސްގެ "ދަ ސްކައި އިޒް ފިންކް"ގައި މަސައްކަތް ކުރާ ތިން ލީޑު ކާސްޓުން ކަމަށްވާ ޕްރިޔަންކާ ޗޯޕްރާ، ފަރުހާނު އަހްތަރު އަދި ޒައިރާ ވަސީމު ފިލްމުގައި ފެނިގެންދާނެ ގޮތުގެ ފޮޓޯއެއް ދައްކާލައިފިއެވެ.
ފިލްމުގެ ޝޫޓިން މިހާރު ދިއްލީގައި ކުރިއަށް ގެންދަމުން އަންނައިރު ފިލްމުގެ ޓީމު މެންބަރުން ވަނީ ފިލްމާ ގުޅޭ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އެގޮތުން އެފޮޓޯތަކު ތެރެއިން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ޕްރިޔަންކާ، ފަރުހާނު އަދި ޒައިރާގެ ފޮޓޯއަކަށެވެ.

އެފޮޓޯއިން ފިލްމުގައި ތިން ތަރިން ފެނިގެންދާނެ ގޮތް ފެންނައިރު ފިލްމުގައި ޕްރިޔަންކާ ފެނިގެންދާނީ ޒައިރާ (އައިޝާ)ގެ މަންމަގެ ރޯލުންނެވެ. އަދި ފަރުހާނު ފެނިގެންދާނީ ޒައިރާގެ ބައްޕަގެ ރޯލުންނެވެ.

އެފިލްމަކީ މޯޓިވޭޝަނަލް ސްޕީކަރެއްގެ އިތުރުން އިންސްޕިރޭޝަންލް ލިޔުންތައް ލިޔެފައިވާ އައިޝާގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ. ދިފާއީ ބާރުގެ މައްސަލަތަކެއް ދިމާވެ، ބަލިކޮށް އުޅެމުން އައި އައިޝާ މަރުވެފައިވަނީ އުމުރުން އެންމެ 18 ގައެވެ.

ފިލްމުގައި ފެނިގެންދާނެ އިތުރު ކާސްޓުންގެ ނަން އަދި ހާމަކޮށްފައިނުވާއިރު ފިލްމު ނެރޭނެ ދުވަހެއްވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.
ހިޔާލު