MIRA ah 1 Billion Ruffiya Libihje
image
މީރާ
0 ކޮމެންޓް
 

މީރާއަށް 1 ބިލިއަން ރުފިޔާ ލިބިއްޖެ

ނިމިގެންދިޔަ އޮކްޓޫބަރު މަހު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެއް ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން އާންމުކުރި މިއަހަރުގެ އޮކްޓޫބަރު މަހުގެ ތަފާސްހިސާބުގައިވާ ގޮތުން، މީރާއަށް މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ބަލައިގަތް 38.5 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މިދިޔަ މަހު މީރާއިން ބަލައިގަތް އާމްދަނީއަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބަލައިގަތް އާމްދަނީއަށްވުރެ 3.9 އިންސައްތަ އިތުރުވުމެކެވެ. އަދި އޮކްޓޫބަރު މަހު ލިބުނު އާމްދަނީއަކީ އެމަހު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށްވުރެ 9.6 އިންސައްތަ އިތުރު މިންވަރެއް ކަމަށް މީރާއިން ބުނެއެވެ.

މިއަހަރުގެ އޮކްޓޫބަރު މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީގެ ގޮތުގައެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު މީރާއަށް 636 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނިއެއް ލިބިފައިވަނީ ބީޕިޓީންނެވެ. ބީޕީޓީގެ ގޮތުގައި މިދިޔަ މަހު މީރާއަށް 59 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީރާ
ހިޔާލު