Nick Jonas Ge Phone Ge Home Screen Gai Ves Priyanka
image
ޕްރިޔަންކާ އާއި ނިކް ޖޯނަސް--
0 ކޮމެންޓް
 

ނިކް ޖޯނަސްގެ ފޯނުގެ ހޯމް ސްކްރީނުގައި ވެސް ޕްރިޔަންކާ

ބޮލީވުޑުގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ހޮލީވުޑުގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ލޯބީގެ ވާހަކަތަކީ މިހާރު ބޮލީވުޑުގައި އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކަތަކެވެ.
އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި 26 އަހަރުގެ ނިކް ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭކަމުގެ އަޑުތައް ފެތުރެމުން އަންނައިރު ޕްރިޔަންކާއަށް ވުރެ ހަގު ފިރިހެނަކާއި އޭނާ ކައިވެނިކުރާތީ އަމާޒުވާ ފާޑުކިޔުންތައް ވަކި މަދެއް ނޫނެވެ.

ފާޑުކިޔުންތެރިންގެ ފާޑުކިޔުންތަކަށް މާބޮޑު ސަމާލުކަމެއް އެދެ ތަރިން ދީފައެއް ނުވާއިރު އެދެ ތަރިން އަންނަނީ ސޯޝަލް މީޑީއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ވެސް އެމީހުން އެކަކު އަނެކަކަށް އޮންނަ ލޯބި ފާޅުކުރަމުންނެވެ.

އިއްޔެގެ ވަގުތެއްގައި ލޮސް އެންޖަލްސްގައި އޮތް ބާސްކެޓް ބޯޅަ މުބާރާތެއް ބެލުމަށް ނިކް ގޮސްފައިވާއިރު އެންމެ ގިނަ ބަޔަކަށް އަޅައިގަތީ އޭނާގެ އަތުގައި އޮތް މޯބައިލް ފޯނަށެވެ. އެގޮތުން ފޯނުގެ ހޯމް ސްކްރީނުން ފެނިގެންދިޔައީ އޭނާގެ ލޯބިވެރިޔާ ޕްރިޔަންކާގެ ފޮޓޯއެކެވެ.

ކެލިފޯނިއާގައި ނިކް މިވަގުތު ހުރިއިރު އޭނާގެ ވާންއުޅޭ އަނބިމީހާ ޕްރިޔަންކާ ހުރީ އިންޑިއާގެ މުމްބާއީގައެވެ. ދޭތެރެ ދޭތެރެއިން ލިބޭ ބަންދު ދުވަސް ދުވަހު ނިކް ވެސް އޭނާގެ ލޯބިވެރިޔާއާއެކު ވުމަށް އިންޑިއާއަށް ގޮސް ހަދައެވެ. އަދި ޕްރިޔަންކާ ވެސް ނިކް ދެކިލުމަށް އެގައުމަށް ދެއެވެ.

ޕްރިޔަންކާ އާއި ނިކް ފުރަތަމަ ފަހަރަށް ބައްދަލުވެފައިވަނީ މިދިޔަ އަހަރުގެ މެޓް ގާލާ އިންނެވެ. އޭގެ ފަހުން މިއަހަރުގެ މެއި މަހުގެ ތެރޭގައި އެދެމީހުން ރައްޓެހިވިކަމަށް ހަބަރުތައް ފެތުރެން ފެށިއިރު މިއަހަރުގެ ޖުލައިގައި ޕްރިޔަންކާއަށް 36 އަހަރު ފުރުމަށް ބޭއްވި ހަފުލާގެ ތެރެއިން އެދެމީހުން ވަނީ އެންގޭޖުވެފައެވެ. ނަމަވެސް އެދެމީހުން އިންޑިއާގައި ރަސްމީކޮށް އެންގޭޖުވެފައިވަނީ މިދިޔަ އޯގަސްޓު މަހުގެ ފަހުކޮޅެވެ.
ހިޔާލު