Gaza inn Israel ah Rocket aai Mortar Hamalaathakeh Dheefi
image
ގާޒާގެ ހަމަލާގައި ގެއްލުން ލިބުނު ބަސް--ފޮޓޯ ގެޓީ އިމޭޖްސް
0 ކޮމެންޓް
 

ގާޒާއިން އިޒްރޭލަށް ރޮކެޓާއި މޯޓާ ހަމަލާތަކެއް ދީފި

ގާޒާ އާއި އިޒްރޭލުގެ ހަމަނުޖެހުން އިތުރުވެ، ގާޒާގެ ހަނގުރާމަވެރިން އިޒްރޭލަށް 300 ރޮކެޓާއި މޯޓާ ހަމަލާ ދީފިއެވެ.
ހަމަނުޖެހުން އިތުރުވެފައި މިވަނީ އިޒްރޭލު ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ގާޒާގެ ހަތް ހަނގުރާމަވެރިން މަރާލާފައިވަނިކޮށެވެ. އޭގެ ތެރޭގައި ހަމާސްގެ ކޮމާންޑަރެއްވެސް ހިމެނެއެވެ.

ގާޒާގެ ހަނގުރާމަވެރިން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި ހަމަލާތަކުގެ ތެެރެއިން އެއް ހަމަލާ އަމާޒުވެފައިވަނީ މީހުން އުފުލާ ބަހަކަށެވެ. އެ ހަމަލާގައި އިޒްރޭލުގެ ސިފައިންގެ މީހަކު ވަނީ ޒަހަމްވެފައެވެ.

އިޒްރޭލުން ބުނި ގޮތުގައި ގާޒާއިން ފޮނުވާލި ހަމަލާތަކުގެ ތެރެއިން 70 ހަމަލާއަކަށް އިޒްރޭލުން ރައްދުދީފައިވެއެވެ. ގާޒާއިން ރޮކެޓާއި މޯޓާ ހަމަލާތައް ދިނީ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުން ކަމަށް އިޒްރޭލުން ބުނެއެވެ.

ގާޒާއަށް އިޒްރޭލުން ދިން ރައްދު ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެފައިވާއިރު ނުވަ މީހަކު ވަނީ ޒަހަމްވެފައެވެ.

ހަމާސް ޖަމާއަތުން "ރަތް ރޮނގު" ހުރަސްކޮށްފި ކަމަށާއި އޭގެ ބަދަލު ދޭނެ ކަމުގެ އިންޒާރު އިޒްރޭލުން ވަނީ ދީފައެވެ.
އިޒްރާއީލް ގާޒާ
ހިޔާލު