Dhiraagun Fiber Connection Hiley Gulhaidhenee
image
0 ކޮމެންޓް
 

ދިރާގުން ފައިބާ ކަނެކްޝަން ހިލޭ ގުޅައިދެނީ

ދިރާގު ފައިބާ ކަނެކްޝަން ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މިމަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި، ދިރާގު ފައިބާ ކަނެކްޝަން ނަންގަވާ ފަރާތްތަކަށް ތިން މަސް ދުވަސް ވަންދެން މަހު ފީ އިން 25 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނި ގޮތުގައި އެ ޕްރޮމޯޝަނަކީ ދިރާގު ފައިބާ 350 އަދި ބިޒް ފައިބާ ބޭސިކް 5 އެމް ފިޔަވާ ދެން ހުރި ޕެކޭޖްތަކަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

ދިރާގު ފައިބާ އިންޓަނެޓަކީ ރާއްޖޭގައި ގެތަކަށް ދޫކުރާ ހޯމް އިންޓަނެޓްގެ އެންމެ ހަލުވި ސްޕީޑް ހިމެނޭ ފައިބާ ބްރޯޑްބޭންޑް އިންޓަނެޓެވެ.

ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

ދިރާގުގެ ފައިބާ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 40 އަށްވުރެ ގިނަ ރަށަށް ދަނީ ފޯރުކޮށްދެމުންނެވެ.
ދިރާގު އިންޓަނެޓް
ހިޔާލު