Muruthah dhuvefaiva kamah kandaalhaafaivaa Velezinee Raajje athuvejje
image
ވެލެޒިނީ ރާއްޖެ އައިސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.-- ފޮޓޯ: ސޯޝަލް މީޑިއާ
5 ކޮމެންޓް
 

މުރުތައްދުވެފައިވާ ކަމަށް ކަނޑައަޅާފައިވާ ވެލެޒިނީ ރާއްޖެ އަތުވެއްޖެ

މުރުތައްދުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންގެ މަޖިލީހުން ކަނޑައަޅާފައިވާ އައިޝަތު ވެލެޒިނީ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ރަސޫލު ކަމަށް ދައުވާކޮށް އިސްލާމް ދީނުގެ އުސޫލުތަކުން ބޭރުން އެތައް ވާހަކަތަކެއް، ސޯޝަލް މީޑިއާގައި ދައްކަމުން އަންނަ ވެލެޒިނީ ރާއްޖެ އައިސްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބޭރު ގައުމެއްގައި ދިރިއުޅުމަށް ފަހު އެވެ.

"އިސްލާމް ދީނުގެ އުސޫލުތަކާއި ހިލާފު މިފަދަ ވާހަކަ ދައްކާ ހެދުމަކީ އިސްލާމް ދީނުގައި އެއްވެސް މީހަކަށް ލިބިގެންވާ ހައްގަކަށް ނުވާތީ، އިސްލާމްދީނާ ހިލާފަށް މިފަދަ ވާހަކަ ދައްކާ ފަރާތެއް، އެއީ މުރުތައްދު ވެފައިވާ ފަރާތެއްކަން ދީނުގެ އުސޫލުތަކުން ވަނީ ކަނޑައަޅާދީފަ އެވެ." ވެލެޒިނީ މުރުތައް ދުވެފައިވާކަން ކަނޑައަޅައި އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އޭނާ މިއަދު ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރޭގައި ހުންނަ މަންޒަރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ނަމަވެސް އޭނާ ރާއްޖެ އައީ ކޮން ގައުމަކުން އަދި ކޮން ވަގުތަކު ކަމެއް ސާފެއް ނުވެ އެވެ.

ވެލެޒިނީ ރާއްޖެ އައިސްފައިވާއިރު، އޭނާ އާ ގުޅޭގޮތުން ޕޮލިހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ޖަވާބުދާރީވުމަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ކުރިން އެންގި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ޖޭއެސްސީ އަށް އައްޔަން ކުރި މެމްބަރު، ވެލެޒިނީ ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކާއި ގުޅިގެން އޭނާ ބޯ ހަމަނުޖެހޭ ކަމަށް ބައެއްް މީހުން ބުނެ އެވެ. ނަމަވެސް އޭނާ އެ ވާހަކަތައް ދައްކަނީ ގަސްތުގައި، މީހުންގެ ސަމާލުކަން ހޯދުމަށް ކަމަށް ބުނެ އެތައް ބައެއްގެ ހިތްހަމަނުޖެހުން ވެސް ވަނީ އަމާޒުވެފަ އެވެ.
ހިޔާލު

ހަސަން2018

މިއީ ސިކުޑި ހަމަ ނުޖެހޭ މީހެއް. މިގޮތަށް ސޯޝަލް މީޑިއާގައި ޖެހީމާ އޭނާއަށް ވަރަށް ބޮޑު ނުރައްކަލަކަށް ނޫނީ ނުވާނެ.

މިސާގު

ސިޓިޒެންޝިޕް އޮތީ ކޮންގައުމެއްގައި ކަން ނޭނެގޭ. ދިވެހިރައްޔިތުކަމުން ވަކިވެފަެިވާނަމަ ހައްޔަރުކުރެވިދާނެބާ؟

އަލީ_

މުރުތައްދެއް ނޫން ސިކުޑި ހަމަނުޖެހޭ މީހެއް އެއީ.

ރައުނާ

ވެލްޒިނީ ވަނީ މިއަދު ގެ މި ހާލަތަށް ޖުޑިޝަރީ އައިސާނެ ކަމަށް އަޑު އުފުލި ހަމައެކަނި މީހާ. އެ ނަގަމުން ދާ ޑެސިޝަން ތަކުން.

ބޮސް

ތީކީ މީހެއްނޫން ދޯ ހަބަރުލިޔަންވާނީވެސް މީހުނާ ބެހޭގޮތުން