Fashaafaivaa Airportthakaa eku Ithuru Airporteh Anna Aharu
image
ކުޅުދުއްފުށީ އެއާޕޯޓް--ފައިލް ފޮޓޯ ޓްވިޓާ
2 ކޮމެންޓް
 

ފަށާފައިވާ އެއާޕޯޓްތަކާއެކު އިތުރު އެއާޕޯޓެއް އަންނަ އަހަރަށް

މަސައްކަތް ފަށާފައި ހުރި ގިނަ އެއާޕޯޓްތަކެއްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާ އިތުރު އެއާޕޯޓެއްގެ މަސައްކަތް ފަށަން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަލަށް ފަށާ މަޝްރޫއެއްގެ ގޮތުން އަންނަ އަހަރު މ. މުލީގައި އެއާޕޯޓެއް ގާއިމުކުރަން ބަޖެޓްކޮށްފައިވާއިރު އެ މަޝްރޫއަށް 39.8 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ހދ. މަކުނުދޫގައި އެއާޕޯޓެއް ގާއިމްކުރަން ދިރާސާ ހެދުމަށް އަންނަ އަހަރަށް ބަޖެޓްކޮށްފައިވާއިރު އެ މަޝްރޫއަށް ފަސް ލައްކަ ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑްކުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު އެ މަޝްރޫއަށް 1.5 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ.

ހއ. މާފިނޮޅުގައި އެއާޕޯޓް ގާއިމުކުރުން ހިނގަމުންދާ މަޝްރޫއެއްގެ ގޮތުގައި ބަޖެޓްކޮށްފައިވާއިރު އެ މަޝްރޫއަށް 90 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ކަނޑައަޅާފައެވެ.

އެވޯޑްކުރެވިފައިވާ މަޝްރޫއެއްގެ ގޮތުގައި ގދ. ފަރެސްމާތޮޑާ އެއާޕޯޓްގެ މަޝްރޫއު ހިމަނާފައިވާއިރު އެ މަޝްރޫއަށް 40 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.

ހދ. ކުޅުދުއްފުށީ އެއާޕޯޓާއި ށ. ފުނަދޫ އެއާޕޯޓުގެ އިތުރު މާވަރުލު އެއާޕޯޓްގެ މަސައްކަތް އަންނަ އަހަރުވެސް ކުރިއަށް ގެންދަން ވަނީ ބަޖެޓުކޮށްފައެވެ.
ހިޔާލު

ކަރީމް /މ.މުލި

ޝުކުރިއްޔާ އިބޫ ރައީސް

ރާއްޖެތެރޭމީހާ

ކޮބާ ރ ފާނު އެެއަރޕޯޓް