Anhen Volley Team Ge Coach Akah Sathoa Hamajassaifi
image
0 ކޮމެންޓް
 

ދިވެހި އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ސަތޯ ހަމަޖައްސައިފި

ދިވެހި ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗުގެ މަގާމަށް އިބްރާހިމް ރަޝީދު (ސަތޯ) ހަމަޖައްސައިފި އެވެ.
ކުޅިވަރުގެ ދާއިރާގައި ސަތޯ 28 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާއިރު އޭނާ ވަނީ ރާއްޖޭގެ ގިނަ ކްލަބުތަކެއްގެ ކޯޗުކަންކޮށް ރަނގަޅު ނަތީޖާތަކެއް ވެސް ނެރަފައެވެ. ނަމަވެސް މިއީ އޭނާ ގައުމީ ވޮލީ ޓީމުގެ މަގާމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

ކުޅިވަރުގެ ދާއިރާ އިން ކުޅިވަރު ހިންގުމާއި ފަންނީ ގޮތުން ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް ވެސް ހާސިލު ކޮށްފައިވާ ސަތޯ އަކީ މީގެ ކުރިން ދިވެހި ގައުމީ ފިރިހެން ފުޓްބޯޅަ ޓީމުގެ މެނޭޖަރުގެ މަގާމުގައި ވެސް ހިދުމަތްކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ 4 އަހަރުގެ މުއްދަަތަކަށް ވީބީ އައްޑޫ އެފް.ސީގެ މެނޭޖަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ.


ހިޔާލު