Libey Ehchakah Vure 2 Guna ah Dhaulathun Kunfunithakah Haradhu Kuran Jehey
image
ޓްރާންސިޝަނަލް ކޮމިޓީއަކުން އޮޑިޓު އޮފީހާ ބައްދަލު ކުރަނީ---
1 ކޮމެންޓް
 

"ލިބޭ އެއްޗަކަށް ވުރެ އިތުރަށް ކުންފުނިތަކަށް ހަރަދު ކުރަން ޖެހޭ"

ދައުލަތުގެ ކުންފުނިތަކުން ލިބޭ އާމްދަނީއަށް ވުރެ ދެ ގުނަ އިތުރަށް ދައުލަތުން އެކުންފުނިތަކަށް ހަރަދު ކުރަން ޖެހޭ ކަމަށް ދައުލަތުގެ ކުންފުނިތައް އެސެސް ކުރުމަށް ކަނޑައެޅި ޓްރާންސިޝަން ކޮމެޓީ އިން ބުނެފިއެވެ.
ދައުލަތުގެ ކުންފުނިތައް އެސެސް ކުރުމަށް ކަނޑައަޅާފައިވާ ކޮމެޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، ދައުލަތުގެ ހިއްސާ ވާ 28 ކުންފުންޏެއް އޮތް ނަމަވެސް އޭގެ ތެރެއިން ފައިދާ ވަނީ ނުވަ ކުންފުންޏަކުން ކަމަށެވެ.

ފައިދާ ނުވާ ކުންފުނިތަކުގެ ގޮތުގައި ކަނޑައެޅި ކުންފުނިތަކުގެ ތެރެއިން ދެ ބައި ކުޅަ އެއްބައި ކުންފުނިތަކުން މަސައްކަތްކޮށްފިނަމަ ފައިދާ ނެރެވޭނެ ކަމަށް އެކޮމެޓީ އިން ބުނެއެވެ.

"ފައިދާ ނުވަނީ އެކުންފުނިތައް ހިންގުމުގައި މިސްމެނޭޖުމަންޓާއި އެކުންފުނިތަކުގެ ތެރޭގަ ހުރި ކޮރަޕްޝަނާއި ކުންފުނި ހިންގުމުގައި ހުރި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ކަންކަން އިންތިޒާމު ކުރެވިފަ ހުރީމަ،" ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާ އިލްޔާސް ލަބީބު ވިދާޅުވިއެވެ.

ގުޅިފައިވާ އިއްތިހާދު ސަރުކާރާއި ހަވާލުވާން މިހާރު ކުޑަތަންވެފައިވާއިރު ކުންފުނިތައް ހިންގުމަށް ގުޅިފައިވާ ކޯލިޝަނުން ހަރުދަނާ އުސޫލުތަކެއް ގެންގުޅޭނެ ކަމަށް އެކޮމެޓީއިން ބުނެއެވެ.

މީގެއިތުރުން އެކޮމެޓީ އިން ބުނީ، އެކުންފުނިތައް އެސެސްކުރުމުގައި ކުންފުންޏާއި ހަވާލުވެގެން ތިބި ބައެއް ފަރާތްތަކުން އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ.

"ހަ ކުންފުންޏަކުން އަޅުގަނޑުމެންނަށް ރަނގަޅަށް އެއްބާރުލުން ލިބިފައެއް ނުވޭ. އެއީ އެޗްޑީސީ. އެމްޕީއެލުން އެއްބާލުރުމެއް ނުލިބުން، އެމްޓީސީސީ، އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ދަތިތައް ކުރިމަތިވި، ޕީއެސްއެމް އިން ވެސް އެއްބާރުލުމެއް ނުލިބުން. އާސަންދައަކުން ވެސް އެއްބާލުރުމެއް ނުލިބޭ. ކައްދޫ އެއާޕޯޓުން ކުންފުނި އަދި ފެނަކައިން އެއްގޮތަކަށް ވެސް އެއްބާލުމެއް ނުދިން." އިލްޔާސް ވިދާޅުވިއެވެ.

ކުންފުނިތަކުގެ އިސްވެރިންގެ ފަރާތުން އެއްބާރުލުން ނުލިބުނު ނަމަވެސް އެތަންތަނުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް އެކޮމެޓީ އިން ބުނެއެވެ.
ދައުލަތް ކުންފުނި
ހިޔާލު

ލަދު

ކުންފުނީގެ ބޮޑުން ނާޖާއިޒި ފައިދާ އާއި ބައިތުލް މާލުން ވައްކަން ޥިއްޔާ ކުރަނީ ހަރަދު ބޮޑުވާނެތާ! ތިޔަކޮމޮޓީގައިވެސް އެބަތިބި މީގެ ކުރިން އެފަދައިން ކަންކުރި މީހުންވެސް މުޅިންވެސް ސިޔާސީ ވަފާތެރި ކެހިވެރިން ތެދުވެރި އަމާނާތްތެރިޔަކު ނޫޅޭ !