Marjaavaan ge Team ah Rakul Gulhijje
image
ރަކުލް ޕްރީތް---
0 ކޮމެންޓް
 

"މަރްޖާވާން" ގެ ޓީމަށް ރަކުލް ގުޅިއްޖެ

މިލިޕް މިލަން ޒަވޭރީގެ ކުރިއަށްއޮތް ފިލްމު "މަރްޖާވާން" ގެ ޓީމަށް ތެލެގޫ އެކްޓަރެސް ރަކުލް ޕްރީތް ސިންގް ގުޅިއްޖެއެވެ.
ލޯބީގެ ވާހަކައެއްގެ މައްޗަށް ހަދާ އެފިލްމަށް ރަކުލް ގުޅިފައިވާ ކަން ޓުވިޓާ މެދުވެރިކޮށް އޭނާ ހާމަކޮށްފައިވާއިރު މިލިޕް ވެސް ވަނީ ޓުވިޓާ މެދުވެރިކޮށް ރަކުލް ގުޅިފައިވާކަން ހާމަކޮށް އޭނާއަށް މަރުހަބާ ކިޔާފައެވެ.


އެފިލްމުގައި ލީޑު އެކްޓަރެއްގެ ރޯލުން ސިދާތު މަލްހޯތުރާ ފެނިގެންދާއިރު އެނާގެ އިތުރުން ރިތޭޝް ދޭޝްމުކާއި ތާރާ ވެސް އެފިލްމުގައި ފެނިގެންދާނެއެވެ. ފިލްމުގެ މަސައްކަތް ޑިސެމްބަރު މަހު ފަށާއިރު އެފިލްމު ނެރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.

ރަކުލް މިހާރު ދަނީ އެންޓީއާރް ބަޔޯ ޕިކްގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެފިލްމުގައި އޭނާ ފެނިގެންދާނީ ސްރީދޭވީގެ ރޯލުންނެވެ. އޭގެ އިތުރުން އަޖޭ ދޭވްގަން އާއެކު "ދެ ދެ ޕިޔާރް ދެ" ގައި ރަކުލް ފެނިގެންދާނެއެވެ.
ހިޔާލު