Member Shahudhee Anekkaaves JP ah
image
ޝަހުދީ ޖޭޕީއަށް ސޮއި ކުރެއްވުމަށްފަހު ފޯމު ހަވާލު ކުރައްވަނީ---
2 ކޮމެންޓް
 

މެންބަރު ޝަހުދީ އަނެއްކާ ވެސް ޖޭޕީއަށް

ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.
ޝަހުދީ ޖޭޕީއަށް ސޮއި ކުރައްވާފައިވަނީ މިއަދު ޖޭޕީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޝަހުދީ ވަނީ ޖޭޕީއަށް ސޮއި ކުރެއްވުމަށްފަހު ފޯމު ޖޭޕީގެ ނައިބް ރައީސް އަލީ ވަހީދާ ހަވާލު ކުރައްވާފައެވެ.

ޝަހުދީ ހިނގަމުން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ވަޑައިގެންނެވީ ވެސް ޖޭޕީގެ ޓިކެޓުގައެވެ. ނަމަވެސް 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ޝަހުދީ ވަނީ ޖޭޕީ ދޫކުރައްވާ ވެރިކަން ކުރާ ޕީޕީއެމަށް ވަޑައިގެންފައެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު ދުރު ކުރުމަށް މިދިޔަ އަހަރު ހުށަހެޅި މައްސަލާގައި ސޮއި ކުރެއްވުމާއި ގުޅިގެން ޝަހުދީ ޕީޕީއެމުން ވަކި ކުރި ކަމަށް ނިންމާ ޝަހުދީގެ ގޮނޑި ވެސް ގެއްލުނު ކަމަށް ވަނީ ކަނޑައަޅާފައެވެ.

ޝަހުދީގެ އިތުރުން 11 މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނދައެޅިއެވެ. ނަމަވެސް އެ މެންބަރުންގެ ގޮނޑިތައް ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެނގިފައިވަ ގޮތުގައި ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ބައެއް މެންބަރުންނާއި ވެރިކަން ކުރާ ޕީޕިއެމްގައި ތިއްބެވި އިތުރު ބައެއް މެންބަރުން ވެސް ޖޭޕީއާއި ގުޅޭނެއެވެ.
ހިޔާލު

ދީދީ

ހަތެއް ފެބްރުއަރީ ،

ކުނިގޮނޑު

ޖުމްހޫރީ ޕާޓީއަށް ކުނިގޮނޑުން ގެންނަ ފީކަރަޔާ ފީ ބަނބުކޭލާ ފީ ބަރަބޮލާ މިކަހަލަ ކުނިތައް ބޭރުކުރުމަށް ގޮވާލަން ކުނި ބުނި އެއްކުރާނަމަ ޕާޓީ ހަލާކުވެ ފުނޑުފުނޑުވެދާނެ ތިޔަ ކުނި ބުންޏަކީ މީގެ ކުރިން ފައިސާގެ ދަޅައަށް ހެއްލި ދުވާ ބައިގަނޑެއް ރައީސްކަންދީފަވާ މީހާ ޤާސިމަށް ކީ އެއްޗެހި ހަނޑާންނެތުނީބާ؟؟