Coalition Leaderunge Haassa Bahdhaluvumeh Miadhu Baavvanee
image
އިންތިހާބީ ރައީސާއި އިދިކޮޅު ބައެއް ލީޑަރުން---
1 ކޮމެންޓް
 

ކޯލިޝަން ލީޑަރުންގެ ހާއްސަ ބައްދަލުވުމެއް މިއަދު ބާއްވަނީ

އިދިކޮޅު ކޯލިޝަންގެ ހަތަރު ލީޑަރުންގެ ހާއްސަ ބައްދަލުވުމެއް މިއަދު ބާއްވަން ހަމަޖައްސައިފިއެވެ.
ސީއެންއެމަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މިއަދު މެންދުރު ދޭއް ޖަހާއިރު ހޮޓެލް ޖެންގައެވެ.

އެ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަދާލަތުގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއީ ވޭތުވެ ދިޔަ ދުވަސްތަކުގައި ހަތަރު ލީޑަރުން އެއްތަނަކުން ބައްދަލު ކުރައްވާ ފުރަތަމަ ފަހަރު ވެސްމެއެވެ.

އެކުގައި މަސައްކަތް ކުރެއްވި ނަމަވެސް މީގެ ކުރިން ލީޑަރުންނަށް އެކުގައި ބައްދަލު ކުރެވޭ ގޮތް ވަނީ ނުވެފައެވެ. ދާދި ފަހަކާ ޖެހެންދެން ރައީސް ނަޝީދާއި ގާސިމް ރާއްޖެއިން ބޭރަށް އަރުވާލެއްވިގެން ތިއްބެވި އިރު، ޝެއިހް އިމްރާން ގެންދެވީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި ރައީސް މައުމޫން ވެސްވަނީ މިދިޔަ ފެބުރުއަރީ މަހުން ފެށިގެން ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައެވެ.

ހަތަރު ލީދަރުން މިއަދު ބައްދަލު ކުރައްވާ އިރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓު އެކުލަވާލުމާއި ބެހޭ ކަންތައްތަކާއި، ކުރިއަށް އޮތްތަނުގައި ކަންތައްތައް ކުރިއަށް ގެންދާނެ ގޮތާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އެނގިފައިވެއެވެ.
ހިޔާލު

ނައިބުތުއްތު

އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓް އެކުލަވާލުމަށް މަޝްވަރާކުރަނީޔޯ!!!!!!!!!!!!!! މި ޤައުމުގައި މިހާރު ކިތައް ރައީސުލް ޖުމްހޫރިއްޔާ ތިއްބަވާތޯ؟ ހެހެހެހެހެހެހ