Ibu Muliageah, Faisal Hilaalee Geah
image
އިންތިހާބީ ރައީސް އިބޫއާއި ނައިބް ރައީސް ފައިސަލް---
0 ކޮމެންޓް
 

އިބޫ މުލިއާގެއަށް، ފައިސަލް ހިލާލީ ގެއަށް

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ) ދިިރިއުޅުއްވާ ރަސްމީ ގެކޮޅުގެ ގޮތުގައި މުލިއާގެ ހަމަޖައްސާ، ނައިބް ރައީސް ފައިސަލު އުޅުއްވާ ރަސްމީ ގެކޮޅުގެ ގޮތުގައި ހިލާލީގެ ހަމަޖައްސަން ނިންމާފައިވާކަން އެގިއްޖެއެވެ.
ކޯލިޝަންގެ ނަން ހާމަ ކުރަން ބޭނުން ނުވާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އިންތިހާބީ ރައީސާއި ނައިބް ރައީސް ދިރިއުޅުއްވުމައްޓަކާ އެ ދެ ގެކޮޅު މަރާމާތުކޮށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ދިރިއުޅުއްވީ ތީމު ގޭގައެވެ. ނަމަވެސް ވެރިކަން ބަދަލުވުމުން ތީމުގެ ޝަރުއީ ދާއިރާގެ ބޭނުންތަކަސް ދޫކޮށްލެވުނެވެ.

ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވީ މުލިއާ ގޭގައެވެ. ނައިބް ރައީސް ޑރ.މުހައްމަދު ހަވީދު އުޅުއްވީ ހިލާލީގޭގައެވެ. ވެރިކަން ބަދަލުވެ ރައީސް ކަމަށް ވަޑައިގެންނެވުމަށްފަހު ވެސް ރައީސް ވަހީދު ދިރިއުޅުއްވީ ހިލާލީގޭގައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުލިއާގެ ބޭނުންކޮށްފައިވަނީ އެމަނިކުފާނު ސިޔާސީ ފަރާތްތަކާއެކު ބާއްވާ ބައެއް ބައްދަލުވުންތަކަށާއި އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ ހަރަކާތްތަކަށެވެ. ހިލާލީގެ ބޭނުން ކުރެއްވީ ރައީސް ޔާމީންގެ ދެކަނބަލުން ދިރިއުޅުއްވުމަށެވެ.
ހިޔާލު