Coalition Leaderunge Bahdhaluvun Komme Mahaku Ehfaharu Baavvanee
image
އިދިކޮޅު ލީޑަރުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން---
1 ކޮމެންޓް
 

ކޯލިޝަން ލީޑަރުންގެ ބައްދަލުވުން ކޮންމެ މަހަކު އެއްފަހަރު ބާއްވަނީ

ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިންގެ ބައްދަލުވުން ކޮންމެ މަހަކު އެއް ފަހަރު ބާއްވަން ނިންމައިފިއެވެ.
އެގޮތަށް ނިންމާފައިވަނީ ކޯލިޝަންގެ ހަތަރު ޕާޓީގެ އިސްވެރިން ހޮޓެލް ޖެންގައި މިއަދު ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި، އަދާލަތުގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަދި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހޮޓެލް ޖެންގައި ދެ ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ ބައްދަލުވުމަށްފަހު އިންތިހާބީ ރައީސް އިބޫ ވިދާޅުވީ މަހަކު އެއް ފަހަރު ބާއްވާ އެ ބައްދަލުވުމުގައި ގައުމުގައި ހުރި ބޮޑެތި ކަންތައްތަކާ މެދު މަޝްވަރާކޮށް ކޯލިޝަންގެ ފަރާތުން އެމަނިކުފާނަށް ލަފާ އަރުވަމުން ގެންދާނެ ކަމަށެވެ. އޭގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ކެބިނެޓު އެކުލަވާލުމައި ބެހޭ ގޮތުން މުހިއްމު ނިންމުންތަކެއް ވެސް ނިންމިފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ މިއަދު ބޭއްވުނީ މުހިއްމު ބައްދަލުވުމެއް ކަމަށާއި ކޮންމެ މަހަކު އެއް ފަހަރު ބައްދަލުވުން ބާއްވާ ލީޑަރުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. ބައްދަލުވުމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ މުހިއްމު ކަންތައްތަކަކަށް އެއްބެސްވެވިފައިވާ ކަމަށެވެ. އޭގެތެރޭގައި އިންތިހާބީ ރައީސް އިބޫއަށް އިތުބާރު ކުރެވޭ މީހުން ކެބިނެޓަށް ނެގުމަށް އެއްބަސްވެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއީ އިދިކޮޅު ހަތަރު ލީޑަރުން އެއްތަނަކުން ބައްދަލުވި ފުރަތަމަ ފަހަރެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ހަތަރު ލީޑަރުން އެއްބައިވެ އެއް ކެންޑިޑޭޓަކު ނެރުނު ނަމަވެސް ހަތަރު ލީޑަރުން އެބޭފުޅުންނަށް އިއްވާފައިވާ ހުކުމްތަކުގެ ސަބަބުން ބައްދަލު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އަރުވާލެވިގެން ލަންޑަނުގައި ހުންނެވި އިރު، ގާސިމް ހުންނެވީ އަމިއްލައަށް އަރުވާލެވިގެން ޖަރުމަނުގައެވެ. ޝެއިހް އިމްރާން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި އިރު، މިދިޔަ ފެބުރުއަރީ މަހުން ފެށިގެން ރައީސް މައުމޫން ވެސް ހުންނެވީ ޖަލުގައި ބަންދުކޮށްފައެވެ.
އިދިކޮޅު ކޯލިޝަން
ހިޔާލު

އާބިދާ

ގުޅިފައިވާ ޕާޓީ ތަކުގެ ޑީލަރުން ގެ ޑީލް ތައް ކިހިނެތްވާނެބާ. މިގައުމު ނުނީ ހަތަރޔ ރައީސުން ތިބޭ ގައުމެއް މިދުިޔޭގަ އެބައޮތްބާ؟