Transfer Baazaaru Ge Muhdhathu Kuru Kuran Premier League Club Thakun Ebbas Vejje
image
2019 އަހަރުގެ ޓްރާންސްފާ ބާޒާރުގެ މުއްދަތު ވަނީ ކުރުކޮށްފައި ---
0 ކޮމެންޓް
 

ޓްރާންސްފާ ބާޒާރުގެ މުއްދަތު ކުރުކުރަން ޕްރިމިއާ ލީގު ކްލަބުތަކުން އެއްބަސްވެއްޖެ

ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރު ހުޅުވިފައި އޮންނަ މުއްދަތު ކުރުކުރަން ޕްރިމިއާ ލީގު ކްލަބުތަކުން އެއްބަސްވެއްޖެ އެވެ.
2019 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގެ މުއްދަތު ކުރުކުރަން ޕްރިމިއާ ލީގު ކްލަބުތަކުން ނިންމި ނިންމުމާއެކު މިއަހަރެކޭ އެއްގޮތަށް އަންނަ އަހަރުގެ ޓްރާންސްފާ ބާޒާރު ވެސް ބަންދުވަނީ ސީޒަން ފެށޭ މުއްދަތު ކުރީ ދުވަހު އެވެ. މީގެ ކުރިން ބޭނުން ކުރަމުން އައި އުސޫލުގެ ދަށުން ޓްރާންސްފާ ބާޒާރު ބަންދުވާނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ. އެއީ އާއްމު ގޮތެއްގައި ސީޒަން ފެށޭ ދުވަހުން ފެށިގެން މަހެއްހާ ދުވަހުގެ މުއްދަތެއް ފަހުންނެވެ.

މިއަހަރު ފުރަތަމަ ފަަހަރަށް މި ބަދަލު ޕްރިމިއާ ލީގުން ގެނައި ބައެއް ކްލަބުތަކުގެ ނުރުހުމާއެކު އެވެ. އެފަހަރު ނެގި ވޯޓުގައި 22 ކްލަބަކުން މި ބަދަލަށް ނޫނެކޭ ބުނެފައިވެއެވެ. މި ބަދަލާއެކު ޕްރިމިއާ ލީގުގެ ޓްރާންސްފާ ބާޒާރު ކުރިން ބަންދު ކުރި ކަމުގައި ވީނަމަވެސް އެހެން ލީގުތަކުގެ ބާޒާރު ކުރިއެކޭ އެއްގޮތަށް ކުރިއަށްދާނެ އެވެ. މިހެންކަމުން ސީޒަން ފެށުމަށްފަހު ވެސް އެކްލަބްތަކަށް ޕްރިމިއާ ލީގު ކްލަބުތަކުގެ ކުޅުންތެރިން ގަތުމުގެ ފުރުސަތު ލިބެއެވެ. ނަމަވެސް މި މުއްދަތު ތެރޭގައި ޕްރިމިއާ ލީގު ޓީމަކަށް ކުޅެން ތެރިއަކު ގަނެ ސްކޮޑުގައި ނުހިމެނޭނެ އެވެ.

ޕްރިމިއާ ލީގުން އެ ލީގުގެ ގަވާއިދަށް މިއަދު މި ގެނައި ބަދަލާއެކު ކުރިއަށް އޮތް ފިނި މޫސުމުގެ ޓްރާންސްފާއަށް އެއްވެސް ބަދަލެއް ނާންނާއެވެ. ޕްރިމިއާ ލީގުން ބުނާ ގޮތުގައި ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގެ މުއްދަތު ކަނޑައަޅާނީ ކުރިން ވެސް އޮންނަ އުސޫލުގެ ދަށުންނެވެ.
ހިޔާލު