Idhikolhu faraaithakun aadheetha dhuvahu bridge gai dhuvanee
image
އިދިކޮޅު ފަރާތްތަކުން އާދީއްތަ ދުވަހު ބުރިޖްގައި ދުވަނީ
2 ކޮމެންޓް
 

އިދިކޮޅު ފަރާތްތަކުން އާދީއްތަ ދުވަހު ބުރިޖްގައި ދުވަނީ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރުމާއި ގުޅިވައިގެން އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ދުޅަހެޔޮ ހަށިހެޔޮ އީދުގެ ހަރަކާތެއްގެ ގޮތުން ސިނަމާލެ ބްރިޖްގައި ދުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
ނަމަވެސް ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މަދަމާ ހުވާކޮށް ސަރުކާރާއި ހަވާލުވުމަށްފަހު އަންނަ އާދީއްތަ ދުވަހުއެވެ.
ސިނަމާލެ ބްރިޖް ރަންގެ ގޮތުގައި ކުރިއަށް ގެންދާ މި ދިވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ 16:00 ގައެވެ. ދުވުމުގައި ބައިވެރިވުމަށް އާއްމުކޮށްވަނީ ހުޅުވާލާފައެވެ.

މާލޭ ބްރިޖް ސަރަހައްދުން ފަށާދުވުން ހުޅުމާލެއަށް ގޮސް ހުޅުމާލޭ ބޮޑުމަގުގެ ވަކި ހިސާބަކަށް ދިއުމަށްފަހު އަނބުރާ މާލެއައިސް ދުވުން ނިންމާލުމަށް ހަމަޖެހިފައިވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަށެވެ.

ދުޅަހެޔޮ ހަށިހެޔޮ އީދުގެ ހަރަކާތުގެ ތެރެއިން ތަފާތު ކުޅިވަރުތައްދަނީ ރާވާ ހިންގަމުންނެވެ. އެގޮތުން މިހާރުވަނީ ކޯލިޝަންގެ އިސް ލީޑަރުން ބައިވެރިވެވަޑައިގެން ފުޓްބޯޅަ މެޗްތަކެއްވެސް ކުޅެފައެވެ.

އިދިކޮޅު ކޯލިޝަން
ހިޔާލު

ކޭބީ

މރ ގަޓު އަށް ކެރޭނެބާ ދުވެލަން ނިކުންނަން

ސަމާސާ

އާދީއްތަދުވަހު ބްރިޖު މަތީގާއި ދުވަންޏާ ދުވާނީ އިދިކޮޅު މީހުނެއްނޫން. އާދީއްތަދުވަހު އިދިކޮޅު މީހުންނަށް ވާނީ ޔާމީން ސައިޑްގެ މީހުން.