Dhathuruge Sababun Dhe Gaumuge Gulhun Badhahivegen Dhaane: Modi
image
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
0 ކޮމެންޓް
 

ދަތުރުގެ ސަބަބުން ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ: މޯދީ

ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ދެގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް ވިދާޅުވެ، މޯދީގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރައްވާ ތާރީހީ ރަސްމިއްޔާތަށް މާލެ ވަޑައިގެންނެވޭތީ އުފާ ކުރައްވާ ކަމަށެވެ.

ފޭސްބުކް ޕޯސްޓްގައި މޯދީ ވަނީ ރިޔާސީ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ. އެ ކާމިޔާބީއިން ހާމަވެގެން ދިޔައީ ޑިމޮކްރަސީ އާއި ގާނޫނުގެ ވެރިކަން ހިންގުމާއި، ބާއްޖަވެރި މުސްތަގުބަލެއް ހޯދުމަށް ދިވެހިން ބޭނުންވާ މިންވަރު ކަމަށް މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ އިންޑިއާ އާއި ދިވެހިރާއްޖެއަކީ ތާރީހުގައި ލިޔެވިގެންދާ ވަރުގަދަ ދެ ބައިވެރިން ކަމަށެވެ. އަދި އެކުގައި ގުޅިގެން ތަރައްގީ ގެނައުމަށް އިންޑިއާ ސަރުކާރުން ގެންގުޅޭ "ސަބްކާ ސާތު، ސަބްކާ ވިކާސް" ސިޔާސަތަކީ އަވަށްޓެރި ހުރިހާ ގައުމަކަށް ހުޅުވާލެވިފައިވާ ސިޔާސަތެއް ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ އާ ސަރުކާރާއެކު، އިންފްރާސްޓްރަކްޗާ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ދާއިރާއާ އެނޫންވެސް އެކި ދާއިރާތަކުން ގާތުން މަސައްކަތް ކުރަން އިންޑިއާ ތައްޔާރަށް އޮތް ކަމަށް މޯދީ ވިދާޅުވިއެވެ.
ހިޔާލު