Kaiveneege Thahyaareethah Belumah Priyanka Jodhpur Ah
image
ޕްރިޔަންކާ ޗޯޕްރާ--
0 ކޮމެންޓް
 

ކައިވެނީގެ ތައްޔާރީތައް ބެލުމަށް ޕްރިޔަންކާ ޖޯދަޕޫރަށް

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ހޮލީވުޑުގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެނީގެ ހަފުލާ އިންޑިއާގެ ޖޯދްޕޫރުގެ އުމައިދު ބާވަން ޕެލަސްގައި އަންނަ މަހުގެ ކުރީކޮޅު އޮންނައިރު ކައިވެނީގެ ތައްޔާރީތައް ކުރިއަށްދާ ގޮތް ބެލުމަށް ޕްރިޔަންކާ ޖޯޕްދޫރަށް ގޮސްފައިވާ ކަަމަށް ހަބަރުތައް ބުނެފިއެވެ.
އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި 26 އަހަރުގެ ނިކުގެ ކައިވެނި އަންނަ މަހުގެ 2 ގައި އޮތްއިރު ކައިވެނީގެ ކުރިން އޮންނަ ހަފުލާތަައް މިމަހުގެ 29 ގައި ފެށޭނެއެވެ. އެގޮތުން މެހެންދީ ހަފުލާ އާއި ސަންގީތު ހަފުލާ ވެސް ބޭއްވުމަށް ނިންމާފައިވަނީ ކައިވެނިކުރަން ނިންމާފައިވާ އުމައިދު ބާވަން ޕެލަސް ގައެވެ.

ކައިވެނީގެ ހަފުލާއަށް ޕެލަސް ޒީނަތްތެރި ކުރުމުން ފެށިގެން އެންމެހާ ތައްޔާރީތައް މިހާރު ފަށާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ޕްރިޔަންކާ ވަނީ އޭނާގެ މަންމަ، މަދޫ ޗޯޕްރާ އާއެކު ތައްޔާރީތައް ކުރިއަށްދާ ގޮތް ބެލުމަށް އެތަނަށް ގޮސްފައެވެ.

ޕްރިޔަންކާ އާއި ނިކްގެ ކައިވެނީގެ ހަފުލާ އޮންނަ އުމައިދު ބާވަން ޕެލަސްއަކީ ގިނަ އެވޯޑުތަކެއް ވެސް ލިބިފައިވާ ޕެލަސްއެކެވެ.
View this post on Instagram

Taken.. With all my heart and soul..

A post shared by Priyanka Chopra (@priyankachopra) on


ހަބަރުތައް ބުނާ ގޮތުގައި ކައިވެނީގެ ހަފުލާއަށް ޕްރިޔަންކާ ދައުވަތު ދީފައިވަނީ އޭނާގެ އާއިލާގެ މީހުންނަށް އެކަންޏެވެ. އެހަފުލާގައި ބައިވެރިވުމަށް ނިއުޔޯކުގައި މިހާރު ތިބި ނިކްގެ އާއިލާގެ މީހުން ވެސް އިންޑިއާއަށް ދާނެއެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އެދެމީހުން އިންޑިއާގައި ރަސްމީކޮށް އެންގޭޖުވިއިރު އެދެމީހުން ލޯބީގެ ގޮތުން ގުޅިފައިވަނީ މިއަހަރުގެ ކުރީކޮޅެވެ. އަދި ދެތަރިން އެންމެ ފުރަތަމަ ބައްދަލުވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި އޮތް މެޓް ގާލާ އިވެންޓުންނެވެ.

ޕްރިޔަންކާ އެންމެ ފަހުން މަސައްކަތްކޮށްފައިވާ ބޮލީވުޑުގެ ފިލްމަކީ ދެހާސް ފަނަރަ ވަނަ އަހަރު ނެރުނު ފިލްމު "ބާޖިރާއޯ މަސްތާނީ" އެވެ. އޭގެ ފަހުން ހޮލީވުޑުގެ ގިނަ ޕްރޮޖެކްޓުތަކެއްގައި މަސައްކަތްކޮށްފައިވާ ޕްރިޔަންކާ ބޮލީވުޑަށް އެނބުރި އަންނަނީ "ދަ ސްކައި އިޒް ޕިންކް" އިންނެވެ. ސޮނާލީ ބޯސް ޑައިރެކްޓުކޮށް ނެރޭ އެފިލްމުގައި އޭނާ ފެނިގެންދާނީ މަޝްހޫރު ތަރި ފަރްހާން އަކްތަރާއި ޒައިރާ ވަސީމާއެކުއެވެ.
ހިޔާލު