First Lady Fazna Edhivadaigannavanee Dhivehinnah Amaankamah
image
ރައީސް އިބޫ އަނބިކަނބަލުން ފަޒުނާއާއި އެކު---
0 ކޮމެންޓް
 

ފަސްޓު ލޭޑީ ފަޒުނާ އެދިވަޑައިގަންނަވަނީ ދިވެހިންނަށް އަމާންކަމަށް

ކުރިއަށް އޮތް ފަސް އަހަރަކީ ރާއްޖޭގެ ރައްޔިތުންނަށް އަމާންކަމާއި އިންސާފުވެރި ފަސް އަހަރަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވިދާޅުވެއްޖެ އެވެ.
ފަސްޓް ލޭޑީ ފަޒުނާގެ ފޭސްބުކްގައި ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަކީ ކާމިޔާބު ފަސް އަހަރަށް ވުމަށް އެދިވަޑައި ގަންނަވާ ކަމަށެވެ. އަދި ޖަޒީރާ ރާއްޖޭގެ ލީޑަރުންނަށް ހެޔޮ ވިސްނުން ދެއްވައި އަންނަން އޮތް ޖީލުތަކަށް ގައުމު ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.


ރައީސްކަމަށް އިބޫ ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ އަނބިކަނބަލުން ސިޔާސީ ދާއިރާ އިން ފެނިވަޑައި ނުގަންނަވާނެ ކަމަށް އިބޫ ވިދާޅުވެ އެވެ.

އިންތިހާބީ ރައީސް އާއި ނައިބް ރައީސް ފައިސަލް ނަސީމު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވަނީ މިއަދު ހަވީރު 17:00 ގައެވެ. ހުވާކުރުމުގެ ރަސްމިއްޔާތުގައި ބޭރުގެ އިޒްޒަތްތެރިންނާއި އެކު 11500 މީހުން ބައިވެރިވާނެކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެ އެވެ. ނަމަވެސް އެރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައި ނުގަންނަވާނެކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ ވިދާޅުވި އެވެ.
ހިޔާލު