Ibu ge cabinet iulaanu kurun mirey
image
އިބޫ އާއި ފައިސަލާ އެކު ސިޔާސީ ހަތަރު ލީޑަރުން ބޭއްވެވި ބައްދަލުވުމުގެ ތެރެއިން.
0 ކޮމެންޓް
 

އިބޫގެ ކެބިނެޓް އިއުލާނު ކުރުން މިރޭ

އިންތިހާބީ ރައީސް އިބްރާހިމް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، އާ ސަރުކާރުގެ ކެބިނެޓް އިއުލާނު ކުރުން މިރޭ ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފި އެވެ.
އެނގިފައިވާ ގޮތުގައި އިބޫ އާއި ފައިސަލް ހުވާ ކުރެއްވުމަށް ފަހު، އެންމެ ފުރަތަމަ ބައްދަލު ކުރައްވާނީ، ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޮދީ އާ އެވެ. އަދި ކެބިނެޓް އިއުލާނު ކުރުން އޮންނާނީ އެ ބައްދަލުވުމަށް ފަހު އެވެ.

އިބޫ ހުވާ ކުރައްވާނީ ގަލޮޅު ބޯޅަ ދަނޑުގައި މިއަދު ހަވީރު ބާއްވާ ބޮޑު ރަސްމިއްޔާތުގައި، ހަވީރު 17:00 ގަ އެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އިބޫ، މޮދީ އާ ބައްދަލު ކުރައްވާނީ، 18:00 ހާއިރު ރައީސް އޮފީހުގަ އެވެ.

އެޓާނީ ޖެނެރަލްގެ މަގާމުގެ އިތުރުން އާ ސަރުކާރުގައި އުފައްދާނީ 19 މިނިސްޓްރީ ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން އަލަށް އުފައްދާނީ؛ ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވާމަންޓް އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ އިތުރުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އެވެ.
ހިޔާލު