Bharat ge Shooting Therein Salman ah Aniya vejje
image
ސަލްމާނު ހާން.
0 ކޮމެންޓް
 

ބާރަތުގެ ޝޫޓިން ތެރެއިން ސަލްމާނަށް އަނިޔާ ވެއްޖެ

ސަލްމާނު ހާނުގެ ކުރިއަށް އޮތް ފިލްމު ބާތަރުގެ ޝޫޓިން ތެރެއިން އޭނާ އަށް އަނިޔާ ވެއްޖެއެވެ.
ޕަންޖާބުގައި ކުރިއަށް ގެންދިޔަ ބާރަތުގެ ޝޫޓިން ތެރެއިން ސަލްމާނަށް ލިބުނު އަނިޔާ އާ ގުޅިގެން އިތުރު ފަރުވާއަށް މުމްބާއީ އަށް އޭނާ ގޮސްފައިވާއިރު އޭނާ އަށް ލިބުނީ ކޮންކަހަލަ އަނިޔާއެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރަނގަޅުވި ހާ އަވަހަކަށް އެނބުރި ޝޫޓިންގައި ބައިވެރި ވާނެ ކަމަށް ސަލްމާނު ބުނެފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

އެފިލްމުގައި ސަލްމާން ތަފާތު ފަސް ގޮތަކަށް ފެނިގެންދާއިރު އެފިލްމު ނެރުމަށް ނިންމާފައިވަނީ އަންނަ އަހަރު ޖޫން މަހު ފަސް ވަނަ ދުވަހުއެވެ.

ފިލްމުގައި ސަލްމާނު އާއެކު ލީޑު ރޯލުން ފެނިގެންދާނީ ކެޓްރީނާ ކައިފެވެ. އެދެތަރިންގެ އިތުރުން ދިޝާ ޕަޓާނީ އަދި ތަބައްސުމް ފާތިމާ ހާޝިމީ (ތައްބޫ)ގެ އިތުރުން ސުނިލް ގޮރޯވާ އަދި ޓީވީ އެކްޓަރު އާސިފް ވެސް ފެނިގެންދާނެއެވެ.

ބާރަތަކީ 2014 ވަނަ އަހަރު ނެރެފައިވާ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ' ގެ މައްޗަށް ހަދާ ފިލުމެކެވެ.
ހިޔާލު