Maumoonge Hifehettumeh Nei Thaureef Nasheedah
image
ރައީސް މައުމޫން---
2 ކޮމެންޓް
 

މައުމޫންގެ ހިފެހެއްޓުމެއް ނެތް ތައުރީފު ނަޝީދަށް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިރޭ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.
ރާއްޖެޓީވީއިން މިރޭ ގެނެސްދިން ރައީސް މައުމޫންގެ ހާއްސަ ބަސްދީގަތުމެއްގައި އެމަނިކުފާނު ވިދާޅުވީ ރައީސް ނަޝީދާ އެމަނިކުފާނާ އޮތް ގުޅުން ވަރަށް ބަދަހި ކަމަށެވެ. އަދި ރައީސް ނަޝީދަކީ ވަރަށް ވިސްނުންފުޅު ތޫނު ބޭފުޅެއް ކަމަށާއި ރައީސް ނަޝީދަކީ ގައުމަށް އިހުލާސްތެރި ބޭފުޅެއް ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ދެ ބޭފުޅުން ވެސް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް މާފުކޮށްފައިވާ ކަމަށާއި ބައްދަލުވާ އިރު މާޒީވެ ދިޔަ ކަންކަމުގެ ވާހަކަ ނުދައްކަވާ ކަމަށެވެ.

"އަޅުގަނޑުމެން ވޭތުވެ ދިޔަ ތަން ވޭތުވެ ދިޔަ ކަމަށް ދޫކޮށްލައިފިން. އަޅުގަނޑާއި ރައީސް ނަޝީދާ ބައްދަލުވާ އިރު އެއްގޮތަކަށް ވެސް އެވާހަކައެއް ނުދައްކަވާ. ކުރެއްވީ އެހެންނޭ މިހެންނޭ، އެވާހަކައެއް ނުދައްކާ. އެކަން އެ އޮތީ ގޮސް ނިމިފައި. އަޅުގަނޑުމެން އެކަކު އަނެކަކަށް މާފު ކޮށްފިން. ރަހުމަތްތެރިކަން މިއޮތީ އަލުން ގަބޫލުކޮށްފައި. އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ނަޝީދަކީ ވަރަށް ބުއްދި ވެރި ބޭފުޅެއް. ވަރަށް ހަމަ ގައުމަށް އިހުލާސްތެރި ބޭފުޅެއް،" ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދަކީ ވޭތުވެ ދިޔަ ތަނުގައި ސިޔާސީ ގޮތުން އެންމެ ބޮޑު ދެ ހަތުރުންނެވެ. ނަމަވެސް ނިމި ދިޔަ ރިޔާސީ އިންތިހާބުގައި ދެ ބޭފުޅުން ކޯލިޝަން ހައްދަވާ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދެވިއެވެ.
ހިޔާލު

ލަކޫ

ސިޔާސީ މީހުންނަކީ ސިޔާސީ ވަފާތެރި ކެހިވެރިން ކަން އަބަދުވެސް ރައްޔިތުން ޤަބޫލު ކުރަންވީ !

ލަކޫ

ސިޔާސީ މީހުންނަކީ ސިޔާސީ ވަފާތެރި ކެހިވެރިން ކަން އަބަދުވެސް ރައްޔިތުން ޤަބޫލު ކުރަންވީ !