Furaalh Halaakukollaigen Villigilli Bank Thijooree Falhaalaifi
image
ވިލިނގިލީ ބޭންކު ބުރާންޗު... ފޮޓޯ:ގެޑޯ ކޮންސަލްޓިންގ
0 ކޮމެންޓް
 

ފުރާޅު ހަލާކުކޮށްލައިގެން ވިލިނގިލީ ބޭންކު ތިޖޫރީ ފަޅާލައިފި

ގއ.ވިލިނގިލީ ބޭންކު އޮފް މޯލްޑިވްސް ބުރާންޗުގެ ފުރާޅުން ޓިނު ހަލާކުކޮށްގެން އެތަނަށް ވަދެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ. muni
ފުލުހުން ބުނީ ރޭ ފަތިހު 05:37 ގައި ވިލިނގިލީ ބޭންކުން ވައްކަން ކޮށްފައިވާ ކަމުގެ ޝަކުވާ ލިބިގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި ގިނަ އަދަދަކަށް ފައިސާ އެ ބޭންކުން ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

"ގއ.ވިލިނގިލީ ބޭންކުގެ ފުރާޅު ހަލާކުކޮށްލައިގެން ވަދެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައި ވަނީ" ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ މައްސަލަ ތަހްގީގު ކުރަމުންދާއިރު، އަދި އެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ބީއެމްއެލް ވައްކަން
ހިޔާލު