Faisaage Masalaehgai Nissan ge Chairman Hayyarukohfi
image
ނިސާންގެ ޗެއާމަން، އޭނާ މިހާރު ހުރީ ޖަޕާން ފުލުހުންގެ ބެލުމުގެ ދަށުގައި.
0 ކޮމެންޓް
 

ފައިސާގެ މައްސަލައެއްގައި ނިސާންގެ ޗެއާމަން ހައްޔަރު ކޮށްފި

ފައިސާގެ މައްސަލައެއްގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކާރު އުފައްދާ ކުންފުނި، ނިސާންގެ ޗެއާމަން ކާލޯސް ގުއޯންސް އާއި އިތުރު ބޯޑް މެމްބަރެއް ކަމަށްވާ ގްރެގް ކެލީ، ޖަޕާން ފުލުހުން ހައްޔަރު ކޮށްފި އެވެ.
ދުނިޔޭގެ ބާޒާރުގައި ވިއްކާ ކޮންމެ ނުވަ ކާރަކުން އެއް ކާރަކީ ނިސާންގެ އުފެއްދުމަކަށް ވާއިރު، މިހާ ބޮޑެތި ކުންފުނިތަކުގެ ވެރިން، މިފަދަ މައްސަލަ ތަކުގައި ހައްޔަރު ކުރުމަކީ ވަރަށް މަދުން ހިނގާކަމެކެވެ.

ޗެއާމަން ހައްޔަރު ކުރުމާ ގުޅިގެން ނިސާންގެ ސީއީއޯ ނޫސްވެރިންނާ ބައްދަލުކޮށް ވިދާޅުވީ، ބުރާސްފަތި ދުވަހު ބާއްވާ ބައްދަލުވުމުން ޗެއާމަންގެ އިތުރުން މި މައްސަލާގައި ހައްޔަރު ކޮށްފައިވާ ބޯޑް މެމްބަރު މަގާމުން ވަކި ކުރުމަށް ހުށަހަޅާނެ ކަމަށެވެ.

އެ ދެ މީހުންގެ މައްސަލަ ތަހުގީގު ކުރަން ފެށީ، އެ މީހުންގެ ސިއްރުތައް ބޭޒާރު ކޮށްލި ވިސްލްބްލޯވާއެއްގެ މައުލޫމާތުތަކުގެ މައްޗަސް ބިނާކޮށް ކަމަށާއި، މި ތަހުގީގު ފެށުނުތާ އެތައް މަހެއް ވެފައިވާ ކަމަށް ސީއީއޯ ވިދާޅުވި އެވެ. ނަމަވެސް މިއީ ކިހާ އަދަދެއްގެ ފައިސާއެއް ހިމެނޭ މައްސަލައެއް ކަމެއް ސާފެއް ނުވެ އެވެ.

ޖަޕާނުގެ މިޓްސަބޫޝީ އާއި ރެނަލްޓް އަކީ ވެސް ނިސާންގެ ކުންފުނިތަކެވެ. މި މައްސަލާގައި އެ ކުންފުނިތަކުގެ ހިއްސާގެ އަގުތައް ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.
ހިޔާލު