Anushka Gain Car ge Agu Ingeytha?
image
އަނުޝްކާ ޝަރުމާ---
3 ކޮމެންޓް
 

އަނުޝްކާ ގަތް ކާރުގެ އަގު އެނގޭތަ؟

ބޮލީވުޑް އެކްޓަރ އަނުޝްކާ ޝަރުމާ ވަނީ ދާދި ފަހުން ކާރެއް ގަނެފައެވެ.
މިއަހަރަކީ އަނުޝްކާއަށް ވަރަށް ހާއްސަ އަހަރެކެވެ. އޭނާގެ ތިން ފިލްމެއް މިއަހަރު ނެރެފައިވާއިރު ހުރިހާ ފިލްމުތަކަށް ވެސް ވަނީ ރަނގަޅު ކާމިޔާބެއް ލިބިފައެވެ. އަނުޝްކާ ދެން ފެނިގެންދާނީ އަނަންދް އެލް ރާއި ޑައިރެކްޓުކޮށް ނެރޭ ފިލްމު 'ޒީރޯ' އިންނެވެ.

މަތީގައިވާ ފޮޓޯއަކީ އަނުކްޝާ ގަތް ބުރޭންޑުގެ ކާރެއްގެ ފޮޓޯއެވެ.

ގިނަ ބަޔަކު އެފިލްމަށް އިންތިޒާރުކުރަމުން އަންނައިރު ގިނަ ބައެއްގެ ސަމާލުކަމަށް އެންމެ ފަހުން އައީ އަނުޝްކާ ދާދި ފަހުން ގަތް ކާރެށެވެ. 'ރޭންގް ރޮވާ އޮޓޯބަޔޯގުރަފީ' ގެ އެކާރުގެ އަގަކީ ހަތަރު ކަރޯޑެވެ. މިއީ މުމްބާއީގެ ރީތި ގެއެއް ގަނެވޭނެ ފައިސާއަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ޒީރޯގައި އަނުޝްކާ ފެނިގެންދާނީ ނުކުޅެދޭ ސައިންޓިސްޓެއްގެ ރޯލުންނެވެ. ފިލްމުގައި އަނުޝްކާ އާއެކު ލީޑު ރޯލުން ޝާހު ރުކް ހާނާއި ކެޓްރީނާ ކައިފް ފެނިގެންދާނެއެވެ. ފިލުމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
އަނުޝްކާ ޝަރްމާ
ހިޔާލު

އަގު

ކާރުގެ އަގަކީ ދިވެހި ރުފިޔާ 8،566،658

މުހައްމަދު އައްބާސް

ކޮބާތަ ތި ކާރުގެ ފޮޓޯ..މަށަށް ހޯދާހޯދާ ނުފެނިގެން މިއުޅެނީ.. 🤔

ޑައުޓްފުލް

ޙަތަރު ކަރޯޑް ކޯއްޗެއްތަ. ރުޕީޒްތަ ރުފިޔާތަ ޑޮލަރުތަ.