Kaivenyah Faivaan Gannan Priyanka Paris Ah
image
ޕްރިޔަންކާ ޗޯޕްރާ--
0 ކޮމެންޓް
 

ކައިވެންޏަށް ފައިވާން ގަންނަން ޕްރިޔަންކާ ޕެރިހަށް

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ މަންމަ އަދި ބައެއް ގާތް ރަހުމަތްތެރިން އަންނަނީ ޕްރާންސްގެ ވެރި ރަށް ޕެރިސްގައި ވަގުތު ހޭދަކުރަމުންނެވެ.
ހޮލީވުޑުގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ޕްރިޔަންކާ އަންނަ މަހުގެ ތެރޭގައި ކައިވެނިކުރަން ނިންމާފައިވާއިރު އިންޑިއާގައި އެކައިވެނީގެ ތައްޔާރީތައް މިހާރު ވަރަށް ފޯރިއާއެކު ދަނީ ކުރިއަށެވެ.

ޕެރިސްގައި މިވަގުތު ހުރި އުމުރުން 36 އަހަރުގެ ޕްރިޔަންކާ ވަނީ މަޝްހޫރު ސެލެބްރިޓީ ސްޓައިލިސްޓެއް ކަމަށްވާ މިމީ ކަޓްރެލް އާއެކު ޕެރިސްގައި ހުންނަ ޒީނަތްތެރިވުމަށް ބޭނުން ކުރާ ތަކެތި ހުންނަ "ސްޕްރީ" ފިހާރަށް ގޮސްފައެވެ. އެގޮތުން ޕްރިޔަންކާގެ އިންސްޓަގްރާމު ސްޓޯރީއަށް ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުގައި އެއީ ކައިވެނީގެ ތައްޔާރީތަކަށް އޭނާ ވިޔަފާރި ކުރުމުގެ ތެރެއިން ހިއްސާކުރި ފޮޓޯއެކެވެ. "އިޓްސް އޯލް ހެޕަނިން" ފޮޓޯގައި ޖަހާފައިވާއިރު ފޮޓޯގައި ހުރީ ހުދު ކުލައިގެ ތަފާތު ވައްތަރުގެ ހީލްސް ތަކެކެވެ.

ޕްރިޔަންކާ އޭނާގެ ކައިވެންޏާއި ގުޅޭ ގޮތުން މިހާތަނަށް މާގިނަ މައުލޫމާތުތަކެއް މީޑިއާއަށް ހިއްސާއެއް ނުކުރެއެވެ. އެހެންކަމުން، އޭނާގެ ކައިވެނީގައި ފެނިގެންދާނީ އިންޑިއަން ނުވަތަ ވެސްޓާން ސްޓައިލަކަށް ކަން އެނގިފައެއް ނުވެއެވެ.

މިިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ރަސްމީކޮށް އެންގޭޖުވި ޕްރިޔަންކާގެ އެންގޭޖުމަންޓް ހަފުލާ ވެސް ބާއްވާފައި ވަނީ އިންޑިއާގައެވެ. އަންނަ މަހުގެ 2 ގައި ކައިވެނިކުރަން ނިންމާފައިވާ ޕްރިޔަންކާ އާއި ނިކްގެ ކައިވެނީގެ ކުރިން އޮންނަ ހަފުލާތައް މިމަހުގެ 29 ގައި ފެށޭނެއެވެ. އެގޮތުން މެހެންދީ ހަފުލާ އާއި ސަންގީތު ހަފުލާ ވެސް ބޭއްވުމަށް ނިންމާފައިވަނީ ކައިވެނިކުރަން ނިންމާފައިވާ އުމައިދު ބާވަން ޕެލަސް ގައެވެ.
ހިޔާލު