West Bank inn, Airbnb thanthan Unikuranee
image
0 ކޮމެންޓް
 

ހުޅަނގު އައްސޭރިން، އެއާބީއެންބީ ތަންތަން އުނިކުރަނީ

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި، ލިސްޓުކޮށްފައިވާ އެއާބީއެންބީގެ ތަންތަން ލިސްޓުން އުނި ކުރުމަށް ނިންމައިފިއެވެ.
އެމެރިކާގެ އެއާބީއެންބީ ކުންފުނިން ބުނި ގޮތުގައި އެ ނިންމުން ނިންމީ، ފަލަސްތީނާއި އިޒްރޭލާއި ދެމެދު ދެބަސްވުން އުފެދިފައިވާތީއެވެ.

އެއާބީއެންބީ ގެ އެ ނިންމުމަށް ފަލަސްތީނުން މަރުހަބާ ކިޔާފައިވާއިރު އިޒްރޭލުން ވަނީ އެއާބީއެންބީގެ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިޒްރޭލުން ވަނީ ދީފައެވެ.

ހުޅަނގު އައްސޭރި ފަދަ ހިފާފައިވާ ބިންތަކުގައި ވިޔަފާރި ކުރުމަކީ އެމެރިކާގެ ގާނޫނުން ހުއްދަ ކުރާ ކަމެއް ނަމަވެސް އެފަދަ ތަންތަނުގައި ވިޔަފާރިކޮށްގެން ނުވާނެ ކަމަށް ބައިނަލްއަގްވާމީ އެތައް ފަރާތަކުން ބުނަމުންދާ ކަމަށް އެއާބީއެންބީން ބުނެއެވެ.

އެހެންކަމުން އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި، ލިސްޓުކޮށްފައިވާ އެއާބީއެންބީގެ ތަންތަން ލިސްޓުން ނެގުމަށް ނިންމީ ކަމަށް އެ ކުންފުނިން ބުނެއެވެ.
ހިޔާލު