Mithanun aslu Anushka aki Koba?
image
އަނުޝްކާ ޝަރުމާ އޭނާގެ ވެކްސް ސްޓެޗޫ އާއެކު---
0 ކޮމެންޓް
 

މިތަނުން އަސްލު އަނުޝްކާ އަކީ ކޮބާ؟

ދާދި ފަހަކުން ސިންގަފޫރުގެ މަޑާމެ ޓުސޯޑްސް ގައި އަނުޝްކާ ޝަރުމާގެ ވެކް ސްޓެޗޫ ދައްކާލާފައިވާއިރު އަނުޝްކާ ވަނީ އެ ސްޓެޗޫ އާއެކު ފޮޓޯ ނަގާފައެވެ. އެފޮޓޯތަކުން ގިނަ ބަޔަކަށް ވަނީ އަސްލު އަނުޝްކާ އޮޅިފައެވެ.
އިއްޔެ އެސްޓެޗޫ ފުރަތަމަ ފަހަރަށް ދައްކާލާފައިވާއިރު އެސުޓެލޫ އަނުޝްކާ އާ ވަރަށް ވައްތަރު ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެސްޓެޗޫގައި އަނުޝްކާ ހުރީ ފޯނުން ސެލްފީއެއް ނަގާށެވެ. އަނުޝްކާ އަށް އެ ސްޓެޗޫ ކަމުގޮސްފައިވާއިރު އޭނާ ވެސް ހުރީ އެސްޓެޗޫ ފެނިފައި ވައްތަރު ކަމުން ހައިރާންވެފައި ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

އޭނާ ވަނީ އެސްޓެޗޫ އާއެކު ނަގާފައިވާ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ގިނަ ބަޔަކަށް ވަނީ މި ފޮޓޯ ކަމުގޮސްފައިވާއިރު ބައެއް މީހުންނަށް އެތަނުން އަސްލު އަނުޝްކާ ފާހަގަކުރަން ވަނީ އުނދަގޫ ވެފައެވެ.
އަނުޝްކާ އެންމެ ފަހުން ފެނިގެންދިޔައީ 'ސަންޖޫ' އިންނެވެ. އޭނާ ދެން ފެނިގެންދާނީ ޝާހު ރުކް ހާނާއި، ކެޓްރީނާ ކައިފާއެކު 'ޒީރޯ' އިންނެވެ. އެފިލްމު މިމަހު 21 ގައި ނެރޭއިރު އެފިލްމުގައި އޭނާ ފެނިގެންދާނީ ނުކުޅެދުންތެރިކަން ހުންނަ ސައިންޓިސްޓެއްގެ ރޯލުންނެވެ.
އަނުޝްކާ ޝަރްމާ
ހިޔާލު