Bank In Vagah Negi 14 Million Rufiya Hoadhaifi
image
ވިލިނގިލީ ބޭންކު ބުރާންޗު...ފޮޓޯ: ގެޑޯ ކޮންސަލްޓިން
2 ކޮމެންޓް
 

ބޭންކުން ވަގަށް ނެގި 14 މިލިއަން ރުފިޔާ ދޮންނަ މެޝިނެއްގެ ތެރެއިން ހޯދައިފި

ބޭންކް އޮފް މޯލްޑިވްސް ގެ ގއ. ވިލިނގިލި ބްރާންޗް ފަޅާލައި ވަގަށް ނެގި ފައިސާތަކުގެ ތެރެއިން 14 މިލިއަން ރުފިޔާ ހޯދައިފި އެވެ.
އެނގިފައިވާ ގޮތުގައި ބީއެމްއެލުން ވަގަށް ނެގި ފައިސާތަކުގެ ތެރެއިން 14 މިލިއަން ރުފިޔާ ފެނުނީ އެ ރަށު ފަޅު ގެއެއްގައި ހުރި ދޮންނަ މެޝިނެއްގެ ތެރެއިން ނެވެ.

މިދިޔަ އާދިއްތަ ދުވަހު ވިލިނގިލީ ބްރާންޗުން ވައްކަން ކޮށްފައި ވަނީ ފުރާޅުން ޓިނު ނަގައިގެން ވަދެ، ތިޖޫރީ ފަޅާލައިގެން ނެވެ. ވަގަށް ނެގި ފައިސާގެ ޖުމްލަ އަދަދު ނޭނގޭއިރު ވަގަށް ނެގި ފައިސާގެ ތެރޭގައި ރުފިޔާ އާއި ޑޮލަރު ވެސް ހިމެނޭ ކަމަށް ވެއެވެ.

ބޭންކު ފަޅާލި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އަށް މީހަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް، އެ މީހުންނާއި ގުޅޭ އިތުރު މައުލޫމާތެއް ޕޮލިހުން ހާމައެއް ނުކުރެ އެވެ.


ހިޔާލު

ބެއްޔާ

އަޅުގަނޑު ބައްޕަ ބުނުއްވީ އެމީހުން ބޭނުންވާނީ މާލެއައިސް ކަސްޓަމް ފަދަ ތަންތަނައް ވަންނަންކަމަށް. ދެން އެތަންތަނުން އެތައް މިލިޔަން ރުފިޔާއެއްވަގަށް ނަގައި އެކަމުގައި ބެދިގެން ދެން ލާނީ ޖަލަށް ކަމަށް! ޖަލުން މިނިވަން ވުމަށްފަހު އެވީ ބޮޑު ވިޔަފާރި ވެރިއަކަށް!.. މިފަދަ ކަންތައްތައް އެކުރަނީ ހަމަ ކުއްލިއަކަށް މަޖުޖަނަކަށްވާން! މިމީހުން ނަށް ނުހައްގުން ފައިސާ ލިބިނަސް ވަރިހަމަ! ހަލާލެއް ހަރާމެއް ބެލުމެއްނެތް.

މަނީލޯންދުރިން

ތިވާނީ މަނީލޯންޑުރިން ހަދަންއުޅުބަޔަކައް!