Bank falhaali mahsalagai hayyarukuri 7 meeheh ge muhdhathu jahaifi
image
ބޭންކް ފަޅާލި މައްސަލާގައި ހައްޔަރުކުރި ހަތް މީހެއްގެ މުއްދަތު ޖަހައިފި
0 ކޮމެންޓް
 

ބޭންކް ފަޅާލި މައްސަލާގައި ހައްޔަރުކުރި ހަތް މީހެއްގެ މުއްދަތު ޖަހައިފި

ބޭންކް އޮފް މޯލްޑިވްސް ގއ ވިލިނގިލީ ބްރާންޗް ފަޅާލައި ގިނަ އަދަދެއްގެ ފައިސާނެގި މައްސަލާގައި ހައްޔަރުކޮށްފައިވާ 11 މީހުންގެ ތެރެއިން ހަތް މީހެއްގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ ފަސް މީހެއްގެ ބަންދަށް 15 ދުވަސް އަދި ދެ މީހެއްގެ ބައްދަށް ހަތް ދުވަސް ގއ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ޖަހާފައިވާ ކަމުގައެވެ. މުއްދަތު ނުޖަހާވަނީ މިމައްއްސަލާގައި މިއަދު ހައްޔަރުކުރި ހަތަރު މީހަކަށެވެ.

ފުލުހުންބުނީ މިއަދު ހައްޔަރުކުރި މީހުންގެ ތެރޭގައި ބަނގުލަދޭޝްގެ މީހެއްވެސް ހިމެނޭ ކަމުގައެވެ.

ފުލުހުންބުނީ ފަޅު ގޯއްޗެއް ބަލާފާސްކުރުމުގެ ތެރޭގައި މިމައްސަލައާއި ގުޅުންހުރި ގޭސްކަޓަރެއްވެސް ފެނިފައިވާ ކަމުގައެވެ.

ހިޔާލު