Taimur Aai Vahtharu Budheh Ufahdhaa Vihkan Fashaifi
image
ތައިމޫރް އަލީ ހާން އަދި އޭނާ ސިފަވާ ގޮތަށް ހަދާފައިވާ ބުދު--
0 ކޮމެންޓް
 

ތައިމޫރާއި ވައްތަރު ބުދެއް އުފައްދާ ވިއްކަން ފަށައިފި

ބޮލީވުޑުގެ މަޝްހޫރު ތަރި ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރުގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ތައިމޫރު އަލީ ހާނަކީ އުމުރުން އެންމެ އެއް އަހަރުގައި ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އަންނަ "ސްޓާ ކިޑް" އެވެ.
ބޮލީވުޑުގެ ޕްރޮޑިއުސަރު އަޝްވިނީ ޔާދުރީ އިއްޔެ އޭނާގެ އޮފިޝަލް އިންސްޓަގްރާމު މެދުވެރިކޮށް ވަނީ ތައިމޫރާއި ވައްތަރު ބުދެއް ހިއްސާކޮށްފައެވެ. އަދި ކެރެލާގެ ކުޑަ ކުދިން ކުޅޭ އެއްޗެހި ވިއްކާ ފިހާރައެއްގައި އެ ބުދު ވިއްކަމުން އަންނަކަން ކަމަށް އޭނާ ބުނެއެވެ.


އެކަމާއި ގުޅިގެން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ތައިމޫރުގެ ބައްޕަ ބުނީ އޭނާއަށް ތައިމޫރު ސިފަވާ ވައްތަރުގެ ބުދެއް ފޮނުވަން ވާނެ ކަމަށެވެ. އަދި ތައިމޫރުގެ ސަބަބުން މީހުންނަށް ފައިދާވާތީ އުފާ ކުރާ ކަމަށާއި އެދެނީ ތައިމޫރަށް ރައްކާތެރިކަމާއި އުފާ ކަމަށް އޭނާ ބައްޕަ ބުނެއެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ތައިމޫރަށް ދެ އަހަރު ފުރޭނެއެވެ. އެންމެ ކުޑައިރުން ފެށިގެން އޭނާގެ ފަހަތުން ޕަޕަރާޒީން އުޅެއުޅެ ތައިމޫރު މިހާރު އެމީހުންނާއި ވަރަށް ރައްްޓެއްސެވެ. އެގޮތުން އެމީހުން ފެންނަ އިރަށް އަތުގެ އިޝާރާތް ކޮށްލުމާއި ފޮޓޯ ނަގާއި ވަގުތު ހީލާ ހަދައެވެ.

ސައިފާއި ކަރީނާ އާ އެއް ފަދައިން ތައިމޫރަށް ވެސް ބޮޑު ސަމާލުކަމެއް ލިބެމުން އަންނައިރު އޭނާގެ ސަލާމަތީ ކަންކަމާއި އޭނާގެ މައިންބަފައިން ވަރަށް ކަންބޮޑުވެއެވެ. އެހެންކަމުން އޭނާއަށް ބޮޑީގާޑެއް ހޯދުމުގެ މަސައްކަތް އޭނާގެ މައިންބަފައިން ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެއެވެ.
ހިޔާލު