Raajjeyge Enme Bodethi Corruption Ge Thuhumathu Kurevenee Siyaasee Meehunnah: Aiman
image
ޓްރޭންސްޕޭރަންސީ މޯލްޑިވްސްގެ އެޑްވޮކެސީ އަދި ކޮމިއުނިކޭޝަންސް މެނޭޖަރު، އައިމަން ރަޝީދު އިބްރާހިމް-- ފޮޓޯ: ރާއްޖެ އެމްވީ
2 ކޮމެންޓް
 

ރާއްޖޭގެ އެންމެ ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތު ކުރެވެނީ ސިޔާސީ މީހުންނަށް: ޓްރާންސްޕޭރަންސީ

ރާއްޖޭގައި އެންމެ ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތު ކުރެވެނީ ސިޔާސީ މީހުންނަށް ކަމަށާއި އެފަދަ ސިޔާސީ ފަރާތްތައް މަގާމުން ދުރުކުރަން ޖެހޭކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފިއެވެ.
ރާއްޖެޓީވީ ކުރިއަށް ގެންދާ "ފަލަސުރުހީ" ޕްރޮގްރާމުހައި ވާހަކަ ދައްކަވަމުން ޓްރޭންސްޕޭރަންސީ މޯލްޑިވްސްގެ އެޑްވޮކެސީ އަދި ކޮމިއުނިކޭޝަންސް މެނޭޖަރު، އައިމަން ރަޝީދު އިބްރާހިމް ވިދާޅުވީ ރާއްޖޭގައި އޮތް ކޮރަޕްޝަނުގެ މައްސަލަ ހައްލުކުރެވިފައި ނުވަނީ ނިޒާމީ ގިނަ މައްސަލަތަކެއް ހުރުމުން ކަމަށެވެ.

ރާއްޖޭގައި ކޮރަޕްޝަން އެންމެ ބޮޑަށް އޮތީ މަތީ ގިންތިތަކުގައި ކަން ފާހަގަކުރައްވާ އައިމަން ވިދާޅުވީ އެއީ ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރު ގެއާ، ބޮޑެތި ވިޔަފާރިވެރިންގެ އިތުރުން ސިޔާސީ ފަރާތްތައް ހިންގާ ކޮރަޕްޝަން ކަމަށެވެ.

މީގެއިތުރުން އައިމަން ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވަން ބޭނުންވާނަމަ، އެއީ ކޯލިޝަނެއް ނަމަވެސް ކޮރަޕްޝަނުގައި ޖެހިފައިވާ ފަރާތެއް ނަމަ އެމީހަކަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ގޮތުން އެމީހަކާއެކު މަސައްކަތް ކުރަން ބޭނުންވިނަމަވެސް އެމީހަކު ކޮރަޕްޝަނުގެ ތުހުމަތުން ބަރީއަވެފައިވާކަން ރައްޔިތުންނަށް ސާބިތުކޮށް ނުދެވެނީސް ސިޔާސީ ކަންކަމުގައި ވެސް ބައިވެރިކޮށްގެން ނުވާނެ ކަމަށެވެ.

"ސިޔާސީ ޕާޓީތަކުގެ ސަގާފަތަށް ބަލާއިރު، ކޮންމެ ފަދަ އަމަލެއް ކޮށްފައި ހުރި ކަމުގައި ވިޔަސް ވަކި ކަހަލަ ސިޔާސީ މަންފާއަށްޓަކައި ޕާޓީ ބަދަލުވީމަ އެހަމަ އޯކޭ ކަމަކަށްވޭ. މިއީދެން މިހާރު އެންމެ ބޮޑަށް ދިވެހިރާއްޖޭގައި ދެކެވޭ އެއްވާހަކައަކީ ބޯވަތަށް އަރާ ވާހަކައާ، ކުލަތައް ބަދަލުވާ ވާހަކައާ، މިވާހަކަ މިދެކެވެނީ. އެހެން ނަމަވެސް އެއާއެކު އެބަ ދައްކަންޖެހޭ މިބޯވަތަކުގެ ފަސްބައި އޮތީ ކިހިނެތްތޯ. ކޮރަޕްޝަންގެ އަމަލުތައް ހިންގާފަ އެބައޮތްތޯ." ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އައިމަން ވިދާޅުވިއެވެ.

ކޮރަޕްޝަނުގެ މައްސަލަ ހައްލުކުރުމަށް ހަރުދަނާ މާލީ ބަޔާން ހާމަކުރުމުގެ ނިޒާމެއް ގާއިމު ކުރުމުގެ އިތުރުން ކަޅު އަނދިރި ކޮޓަރިއެއްގައި ދައުލަތް ހިންގުމުގެ ބަދަލުގައި ހުރިހާ ރައްޔިތުންނަށް ވެސް ބައިވެރިވެވޭނެ އަދި ޖަވާބުދާރީ ކުރެވޭނެ ހާލަތެއްގައި ދައުލަތް އޮންނަން ޖެހޭ ކަމަށް އައިމަން ވިދާޅުވިއެވެ.
ހިޔާލު

ފާފަޅޯ

އަހަރެން ހީކުރީ އާސަހަރާގައި ތިބިމީހުންކަމަށް އެންމެ ކަރަޕްޓީ.

ބެއްޔާ

ރަށުން ފުންމާލިގޮތައް މަލެއައިސް 6 މަސްނުވެ ގެދޮރުގަނެ، ފިހާރަ ހުޅުވާ، ބޮޑެތި އަގުބޮޑު ސައިކަލް ގަނެ އުޅޭ މީހުންވެސް އުޅޭ! އަންނަ އިރު ލާން ގެންގުޅެނީ 2 ހެދުން!