Dhiraagun 5G Hidhumai Dhahkaalaifi
image
ދިރާގުން 5ޖީ ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ދިރާގު
0 ކޮމެންޓް
 

ދިރާގުން 5ޖީ ހިދުމަތް ދައްކާލައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް، ދިރާގުން 5ޖީ ހިދުމަތް ދައްކާލައިފިއެވެ.
5ޖީ ޑެމޮންސްޓްރޭޓް ކުރުން އޮތީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ދެކުނު އޭޝިއާ ސަރަހައްދުގައި 5ޖީ ހިދުމަތް ދައްކާލި ފުރަތަމަ ކުންފުނިތަކުގެ ތެރޭގައި ދިރާގު ހިމެނުމަކީ ފަހުރެއް ކަމަށެވެ.

ދިރާގުން ބުނި ގޮތުގައި 4ޖީ އަށްވުރެ، 5ޖީ 20 ގުނަ ހަލުވިވާނެއެވެ. ކަސްޓަމަރުންނަށް 5ޖީ ހިދުމަތް ދޫކޮށްލެވޭނީ 2020 ވަނަ އަހަރު ކަމަށާއި 4ޖީ އާ އަޅާބަލާއިރު 5ޖީ ހިދުމަތުގެ އަގަށް ބަދަލު ނާންނާނެ ކަމަށް ދިރާގުން ބުނެއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ އާ ޓެކްނޮލަޖީ އާއި ޑިޖިޓަލް ހިދުމަތްތައް ގެނެސްދިނުމުގައި ދިރާގު ދެމި އޮންނާނެ ކަމަށެވެ.
ދިރާގު އިންޓަނެޓް
ހިޔާލު