Alia Aaeku Doctor Ah Dhahkan Dhiyaee Ranbir
image
އާލިއާ އާއި ރަންބީރު އެކުގައި ކްލިނިކުން ނިކުންނަނީ---
0 ކޮމެންޓް
 

އާލިއާއެކު ޑޮކްޓަރަށް ދައްކަން ދިޔައީ ރަންބީރު

ބޮލީވުޑުގައި އަރަމުން އަންނަ ބަތަލާ އާލިއާ ބަޓަށް އަނިޔާވެ ލޯބިވެރިޔާ ރަންބީރު ކަޕޫރާއެކު ޑޮކްޓަރަށް ދައްކަން ގޮސްފިއެވެ.
ހަބަރުތައް ބުނާ ގޮތުގައި އާލިއާ އަންނަނީ ފަޔަށް ލިބުނު ކުޑަ ޒަހަމަކަށް ފަރުވާ ހޯދަމުންނެވެ. އެގޮތުން އާލިއާ އިއްޔެ ވަނީ ރަންބީރާއެކު މުމްބާއީގެ ޖޫހޫގައި ހުންނަ ކްލިނިކަކަށް ޑޮކަޓަރަށް ދައްކަން ގޮސްފައެވެ.

އުމުރުން 25 އަހަރުގެ އާލިއާ އާއި 36 އަހަރުގެ ރަންބީރު ކްލިނިކުން ނިކުންނަ ވީޑިއޯތައް މިހާރު އާއްމުވެފައިވާއިރު ކްލިނިކުން ނުކުންނަ ވަގުތު އެތަނުގައި ޕަޕަރާޒީން ތިބި ނަމަވެސް އާލިއާ އާއި ރަންބީރު ކުރެ އެކެއްވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

މިއަހަރުގެ ކުރީކޮޅު އާލިއާ އާއި ރަންބީރު ލޯބީގެ ގޮތުން ގުޅިފައިވާކަމުގެ އަޑުތައް އެރިއިރު ހަބަރުތައް ބުނާ ގޮތުގައި އެދެމީހުން ލޯބީގެ ގޮތުން ގުޅިފައި ވަނީ އެދެމީހުން ފުރަތަމަ ފަހަރަށް އެކުގައި މަސައްކަތް ކުރާ ފިލްމު "ބްރަހަމަސްތްރާ" ގެ ސެޓުންނެވެ.

އެދެތަރިން ވަރަށް އަވަހަށް ކައިވެނިކުރާނެކަމަށް ފެތުރެމުން އަންނަ އަޑުތަކާއި ގުޅިގެން އާލިއާ ބުނީ، އޭނާގެ ކައިވެންޏަށް އިންތިޒާރުކުރާނަމަ އަދި މަޑުކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެކަމުގައި ކްލައިމެކްސް އެކުލެވޭނަމަ ވަރަށް ރަނގަޅުވާނެ ކަމަށާއި އަދި އެކަމަށް އުފާވެރި ނިމުމެއް އަންނާނެ ކަމަށް އާލިއާ ބުނެއެވެ.

ހިޔާލު