Minister shahid aai ithuru 2 vazeeraku india ah
image
މިނިސްޓަރު ޝާހިދުއާއި އިތުރު ދެ ވަޒީރަކު އިންޑިއާއަށް
0 ކޮމެންޓް
 

މިނިސްޓަރު ޝާހިދުއާއި އިތުރު ދެ ވަޒީރަކު އިންޑިއާއަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި އިތުރު ދެ ވަޒީރަކު މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ.
މިއީ މިސަރުކާރުގެ މި ފެންވަރުގެ ވަފުދެއް ރަސްމީ ދަތުރުފުޅެއްގައި ބޭރުގެ ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޝާހިދު އަރިހުގައި އިންޑިއާއަށް ފުރާވަޑައިގެންނެވީ ފިނޭންސް މިނިސްޓަރު އަހުމަދު އަމީރު އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ.

ފޮރިން މިނިސްޓަރާއި ވަޒީރުންގެ ވަފުދެއް އިންޑިއާއަށް ފުރާވަޑައިގެންނެވިއިރު މި އަހަރު ނިމުމުގެ ކުރިން ޗައިނާއަށް ދަތުރުފުޅެއް ކުރައްވާނެކަމަށްވެސް ޝާހިދުވަނީ ވިދާޅުވެފައެވެ.
ހިޔާލު