Libya gai dhin hamalaa ehgai 9 maru
image
ލީބިޔާގެ ސިފައިންގެ ބަޔަކު
0 ކޮމެންޓް
 

ލީބިޔާގައި ދިން ހަމަލާއެއްގައި ނުވަ މަރު

ލީބިޔާގައި ހުކުރު ދުވަހު ބަޔަކު ދިން ހަމަލާއެއްގައި ސަލާމަތީ ހިދުމަތުގެ ނުވަ މީހަކު މަރާލައިފިއެވެ.
އެ ގައުމުގެ ޓައުނެއް ކަމަށްވާ ޓަޒާބޯގެ ފުލުހުންގެ މަރުކަޒަކަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، ހަމަލާ ދިން މީހުން ވަނީ އެ ޓައުނުން 11 މީހަކު ވަގަށް ނަގާފައެވެ.

ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި ނަގާފައިނުވާއިރު، އެ ހަމަލާއަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދިން ހަމަލާއެއް ކަމަށް ލީބިޔާއިން ދަނީ ތުހުމަތު ކުރަމުންނެވެ.

މިއީ ފައިތުވި މަސް ދުވަހުގެ ތެރޭގައި ލީބިޔާގައި އެފަދަ ހަމަލާއެއް ދިން ދެވަނަ ފަހަރެވެ. ފުރަތަމަ ހަމަލާގެ ޒިންމާގެ ޒިންމާ އައިއެސް އިން ވަނީ އުފުލާފައެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައިވެސް އައިއެސް އިން ވަނީ ލީބިޔާގައި ހަމަލާއެއް ދީ 11 މީހުން މަރާލާފައެވެ.
އައިއެސް ލީބިޔާ
ހިޔާލު