Israelun Palestine ge 14 Meehaku Zahamkohlaifi
image
ގާޒާގައި އިހުތިޖާޖު ކުރަމުންދާ ފަލަސްތީނުގެ އާންމުންގެ ބަޔަކު
0 ކޮމެންޓް
 

އިޒްރޭލުން ފަލަސްތީނުގެ 14 މީހަކު ޒަހަމްކޮށްލައިފި

ގާޒާ އާއި އިޒްރޭލު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި، ފަލަސްތީނުގެ ރައްޔިތުން ހުކުރު ދުވަހު ކުރި އިހުތިޖާޖަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި 14 މީހަކު ޒަހަމްކޮށްލައިފިއެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، ސަރަހައްދީ ރޮނގު ކައިރިގައި ހުކުރު ދުވަހު ކުރި އިހުތިޖާޖުގައި ފަލަސްތީނުގެ އެތައް ހާސް އާންމުންނެއް ބައިވެރިވިއެވެ.

އިހުތިޖާޖުގެ ބައިވެރިންނަށް އިޒްރޭލު ސިފައިން ހަމަލާދިންއިރު، އިހުތިޖާޖުގެ ބައިވެރިން ތިބީ ސަރަހައްދީ ރޮނގު ވަކިކުރާ ފެންސަށްވުރެ ފަހަތުގައި ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޒަހަމްވި މީހުންގެ ތެރޭގައި ކުޑަކުއްޖެއްވެސް ހިމެނެއެވެ. އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި އެ ކުއްޖާގެ މެޔަށް ވަނީ ވަޒަން އަރާފައެވެ. އެ ކުއްޖާގެ ހާލު ސީރިއަސް ކަމެއް ނުވަތަ ނޫން ކަމެއްވެސް ގާޒާގެ ހެލްތު މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ.


މއިަހަރުގެ މާޗު މަހުން ފެށިގެން އިޒްރޭލާއި ގާޒާ ގުޅޭ ސަރަހައްދީ ރޮނގު ކައިރިގައި ފަލަސްތީނުގެ އާންމުންދަނީ ސިލްސިލާކޮށް އިހުތިޖާޖު ކުރަމުންނެވެ. އިހުތިޖާޖުތަކުގައި ޓަޔަރާއި ފުއްޕާހަމުގައި އަލިފާން ރޯކޮށް އިޒްރޭލު ސިފައިންނަށް އަމާޒުކޮށް ދަނީ ފޮނުވަމުންނެވެ.

އެ އިހުތިޖާޖުތަކުގައި މިހާތަނަށް ފަލަސްތީނުގެ 214 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
ހިޔާލު